ads
ކަޅުވަކަރު މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އުންމީދަކީ ކަޅުވަކަރު މިސްކިތް މިހާރު ހުރި ތަން އޭގެ ދާއިމީ ވަޒަނަށްވުން: ރައީސް
ކަޅުވަކަރު މިސްކިތަކީ 230 އަހަރަށްވުރެ ގިނަ ދުވަހު، ވަކި ހާއްސަ ގޯއްޗެއްނެތްނަމަވެސް، މާލޭގެ ރައްޔިތުން ދޫކޮށްފައިދާން ބޭނުން ނުވެހުރި ބިނާއެއް ކަމަށާއި، އުންމީދަކީ މިހާރު މިސްކިތް މި ބެހެއްޓުނު ގޯއްޗަކީ ކަޅުވަކަރު މިސްކިތުގެ ދާއިމީ ވަޒަންކަމުގައި ވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ ކަޅުވަކަރު މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި ހާއްސަ ރައްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ، ކަޅުވަކަރު މިސްކިތަކީ ސަގާފަތާ ފަންނުވެރިކަމާއި ގުޅި ލާމެހިފައިވާ މިސްކިތެެއް ކަމަށާއި، އެގޮތުން ހިރިގަލުގެ ގަލުވަޑާމާއި، ލަކުޑީގެ ދެތުވި ވަޑާމުގެ މަސައްކަތައް ވަރަށް ބޮޑަށް ދައްކުވައިދޭ މިސްކިތެއް ކަމަށެވެ. އަދި އެކަންކަމުގެ ސަބަބުން މި މިސްކިތަކީ ބަހަވީ ތަރިކައާއިވެސް ގުޅިފައިވާ ބިނާއެއްކަމަށް ރައީސް ވިދާޅުވިއެވެ.

ކަޅުވަކަރު މިސްކިތަކީ އަލަށްއެކުލަވާލެވުނު ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހަތަރު ބާވަތުގެ ތަރިކައިގެ ތެރޭގައިވެސް ތާރީހީ ހަޒާނާއެއް ކަމަށާއި، އަދި އެމިސްކިތަކީ އިމާރާތްކުރުމުގެ ފަންނުވެރިކަމަށް ބެލިކަމުގައިވިޔަސް ތާރީހީގޮތުން ހިމާޔަތްކޮށް ބަލަހައްޓަންޖެހޭ ބިނާއެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މިހާރު ރާއްޖޭގައި ކަޅުވަކަރުން ބިނާކޮށްފައިހުރި މިސްކިތްތަކުގެ ތެރެރިން ފެންނަންހުރި ހަމައެކަނި މިސްކިތަކީ ކަޅުވަކަރު މިސްކިތްކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ މި މިސްކިތް އަލުން ބެހެއްޓުމުގެ މަސައްކަތް އެއްކޮށް ނިންމާލަން ސަރުކާރުން ކަނޑައަޅާފައިވާނީ ފަސް މަސްދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެއްވުމަށް ހެރިޓޭޖް މިނިސްޓްރީން ބުރަ މައްސައްކަތްތަކެއް ކުރެއްވާފައިވާ ކަމަށެވެ. އެކަން ފާހަގަކުރައްވައި ރައީސް ވަނީ މިނިސްޓަރު ޔުމްނާ މައުމޫން އާއި ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް އަށް ޝުކުރު އަދާކުރައްވާފައެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން ރައިސްވަނީ މިއަދަކީ ރާއްޖެ އިސްލާމްވީ ދުވަސްކަން ފާހަގަކުރައްވައި ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ. ރައީސް ވިދާޅުވީ، ގައުމިއްޔާތުގެ އެންމެ މުހިންމު ބަހާ އަކީވެސް އިސްލާމްދީން ކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް