ads
ޔުމްނާ މައުމޫން--
ސަގާފަތް ދޫކޮށް ގެންނަ ތަރައްގީއަކީ ތަރައްްގީއެއް ނޫން: ޔުމްނާ
ސަގާފަތް ދޫކޮށް ގެންނަ ތަރައްގީއަކީ ތަރައްްގީއެއް ނޫން ކަމަށް ހެރިޓޭޖް މިނިސްޓްރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު އަލުން ކަޅުކަވަރު މިސްކިތް ހުޅުވާފައިވާއިރު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ 2016 ވަަނަ އަހަރު ސަރުކާރުން ވަކިވެގެންދިޔައީ ކަޅުވަކަރު މިސްކިތް ރޫޅާލާއި ނަގަން ނިންމުމާއި ގުޅިގެން ކަމަށެވެ. 

އެވަގުތު ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ހިންގެވުމާއި ހަވާލުވެހުންނެވިކަން ފާހަގަކުރައްވާ މިނިސްޓަރު ޔުމްނާ ވިދާޅުވީ ސަގާފީ ތަރިކަ ރައްކާނުކުރެވޭ ގޮތަކަށް އެތަނުގައި ހުރުމުގެ ބޭނުމެއް ނެތްކަން އެނގިވަޑައިގަތް ކަމަށެވެ. އަދި ދިވެހިންނަށް ލިބިފައިވާ އަގުހުރި ތަރިކައިގެ އަގު ވަޒަންނުކުރެވި ޒަމާނީ ތަރައްގީއާއެކު އުވިގެންދާ ތަން ބައްލަވަން ބޭނުންވެވަޑައި ނުގަތް ކަމަށެވެ. 

"ހަގީގަތުގައި ދެމެހެއްޓެނެވި ތަރައްގީއެއް އަޅުގަނޑުމެންނަށް ގެނެވޭނީ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި އަޅުގަނޑުމެންގެ ސަގާފަތާއި ފަންނުވެރިކަން ހިމަނައިގެން. ހަގީގަތް ތަރިކައަކީ އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންގެ އަމިއްލަވަންތަކަން. އަޅުގަނޑުމެންގެ ސަގާފަތް ދޫކޮށްލާފައި ގެންނަ ތަރައްގީއަކީ ހަގީގީ ދެމެހެއްޓެނިވި ތަރައްގީއެއް ނޫން،" ޔުމްނާ ވިދާޅުވި އެވެ. 

އޭގެ އިތުރުން އެ މިސްކިތުން ރާއްޖޭގެ ޒަމާންވީ ތާރީހު ދައްކުވައިދޭކަން ފާހަގަކުރައްވާ ޔުމްނާ ވިދާޅުވީ އެ މިސްކިތްތަކުން ފެނިގެންދަނީ ދިވެހިން ދީނަށް ކުރި އިހުތިރާމާއި ލޯތްބާއި ގަދަރުކަމަށާއި މިސްކިތްތައް ބިނާކޮށްފައިވަނީ ވަރަށް ބުރަ މަސައްކަތުންކަން ކަޅުވަކަރު މިސްކިތާއި އެހެން މިސްކިތްތަކަށް ބަލާލުމުން އެނގިގެންދާ ކަމަށެވެ. 

ތާރީހުގައި އެ މިސްކިތް އެކި ތަންތަނަށް ބަދަލުކުރެވުނުއިރު އެ މިސްކިތް ރައްކާތެރިކުރުމަށްޓަކައި އެކި ޒަމާންތަކުގައި މަސައްކަތް ކުރެއްވި ފަރާތްތަކަށް މިނިސްޓަރު ޔުމްނާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ސަލްޓަން ޕާކް ތަރައްގީކުރުމަށް އެތަނުގައި އޭރު ހުރި ކަޅުވަކަރު މިސްކިިތް ނަގާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި އެ މިސްކިތް ހުރި ތަނުގައި ވަނީ ވިންޓާ ޕާކެއް ހަދާފަ އެވެ. ކަޅުވަކަރު މިސްކިތަކީ ރާއްޖެގެ ތާރީހާއި ސަގާފަތާ ގުޅިފައިވާ ތަނަކަށްވުމުން 200 އަހަރުވީ އެ މިސްކިތް އަލުން ރޭވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ވައުދެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް