ads
މެމްބަރު މުހައްމަދު ވަހީދު--
ބަޖެޓް އޮތީ ހިޔާލީ ފޮލާއެއްގެ މައްޗަށް: ވައްޑޭ
ބަޖެޓުން ލާމަރުކަޒުވާތަނެއް ނުފެނޭ: ވައްޑެ
މިހާލަތުގައި އުޅެންވީ ނުފޯރާފޮތިން ފޫގަޅާކަށް ނޫން: ވައްޑެ
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އޮތީ ހިޔާލީ ފޮލާއެއްގެ މައްޗަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.
Advertisement

ވަހީދު މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް 2021 ވަނަ އަހަރަށް ދައުލަތުން ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. 

އެގޮތުން ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ބަޖެޓަށް ވާހަކަ ދައްކަމުން މިނިސްޓަރަށް ސަނާވެސް ކިޔިދާނެ ކަމަށާއި، އެހެން ނަމަވެސް ވާހަކަ ދައްކަން ޖެހޭނީ ހަގީގަތަށް ކަމަށެވެ. ވަހީދު ވިދާޅުވީ ކަނޑުވެފަ ތިބެގެން ހިޔާލީ ދުނިޔެއެއްގައި ބޮޑުތި ކަންކަން ނުކުރެވޭނެ ކަމަށެވެ. ފުރަތަމަ ޒިންމާ އަކަށް ވާންޖެހޭނީ "ދެފައި ޖެހޭނޭ" ތަނެއް ހޯދުންކަމަށެވެ. 

ވަހީދު ވިދާޅުވީ މިވަގުތު ދުނިޔެއާއި ރާއްޖެ އޮތް ހާލަތު އެންމެނަށްވެސް އިނގޭކަމަށާއި، އެކަން އެހެން އޮށްވާ ހަގީގަތް ހާމަނުކޮށް ސަނާކިޔުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެގޮތުން އަންނަ އަހަރު އާމްދަނީގެ ގޮތުގައި 15 ވަރަކަށް ބިލިއަން ރުފިޔާވެސް ނުލިބޭނެކަން އިނގޭކަމަށް ވިދާޅުވެ ވަހީދު ވަނީ ބޮޑު ބަޖެޓެއް ހުށަހަޅާފައި އޮތުމުން އެކަމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާފަ އެވެ. 

"ދައުލަތުގެ ބަޖެޓަކީ ކެމްޕެއިން ބަޖެޓެއް ނޫން އިއްޒަތްތެރި ރައީސް. މިއީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ރައްޔިތުންނަށް އެފައިސާއިން ރައްޔިތުންގެ ކަންކަމަށް ހޭދަކުރާނޭ ގޮތް ކަނޑައަޅާ އެތި. އަޅުގަނޑުމެން ތެދުވެރިކަމާއި އެކު މިކަން ކުރަންޖެހޭނީ." ބަޖެޓް އޮތް ގޮތާއި މެދު ހިތްހަމަނުޖެހި ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެންވެސް މަޖިލީހުން ސަރުކާރުގެ ހަރަދުތައް ކުރުމަށް ކަންކަން ފަހިކޮށްދީފައިވާ ކަމަށާއި، އެހެން ނަމަވެސް އޭގެން ހާސިލުވީ ކޮންކަމެއްކަން ނޭންގޭކަމަށެވެ. މިހާލަތުގައި ކުރާ ކަމެއް ކުރަންޖެހޭނީ މިހާރު މިއޮތް ހާލަތުން އަރައިގަތުމަށް ކަމަށް ވަހީދު ވިދާޅުވި އެވެ. 

ބަޖެޓްގައި މަޝްރޫއުތައް ހިމެނުމުގައި ވެސް ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް އެކަން ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ވަކި މިނިސްޓަރަކާ ކައިރި މެމްބަރެއްގެ ދާއިރާއަށް ކަންކަން ކޮށްދިނުމަށްފަހު ދެން ތިބި ރައްޔިތުންނާއި މެދު އިހުމާލުވާގޮތަށް ކަންކަން ކޮށްގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. 

ވަހީދު ވިދާޅުވީ މިހާލަތުގައި ރިހޭފައި މައްޗަށް ފޮއެ ވެއްޓޭގޮތަށް ދައްކަންވީ ފުޓުބޯޅަ ދަނޑުތައް ހަދާ ވާހަކަ ނޫން ކަމަށާއި، ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށެވެ. އަދި ބަޖެޓުން ލާމަރުކަޒުވާތަން ނުފެންނަ ކަމަށްވެސް ވަހީދު ވިދާޅުވި އެވެ. 

"މީގަ މިއޮތީ ހަމަ ހަގީގަތުގަވެސް ދަންނަވާލަން، ވަރަށްބޮޑު ހިޔާލީ ފޮލާއެއްގެ މައްޗަށް. ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކަށް މިއެއް ނުފެތޭ. ރައީސުލްޖުމްހޫރިއްޔާގެ ތަސައްވަރަކަށް މިއެއް ނުފެތޭ. އެމަނިކުފާނު ދައްކަވާފައިވާ ވާހަކަތަކަކަށް މިއެއްނުފެތޭ."

މަސްވެރިކަމުގެ ބިލާއި ނޫއިގްތިސޯދާއި ޖަޒީރާ ދިރިއުޅުމަކީ ރައްޔިތުންނަށް އެމްޑީޕީން ވެފައިވާ ވައުދުތައް ކަމަށާއި، އެހެން ނަމަވެސް އެކަންކަން ބަޖެޓުން ނުފެންނަ ކަމަށް ވިދާޅުވި އެވެ. ރާއްޖެ މިހާރު އޮތް ހާލަތު ރައްޔިތުން ގަބޫލުކުރާ ކަމަށާއި، އެހެން އެކަން އޮތްއިރު "ނުފޯރާ ފޮތިން ފޫގެޅުމުގެ" ބަދަލުގައި ކަންއޮތްގޮތް ކިޔައިދޭންޖެހޭ ކަމަށެވެ.  

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް