ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު---ފޮޓޯ: ރައީސް އޮފީސް
ރައީސް މާދަމާ ހޯރަފުއްޓަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ
ހއ. ހޯރަފުށީ އެއާޕޯޓް ހުޅުވައިދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ އެރަށަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، ހޯރަފުށި އެއާޕޯޓް ހުޅުވުމަށްޓަކައި ރައީސް ހޯރަފުއްޓަށް ވަޑައިގަންނަވަން އެންމެ ފުރަތަމަ ހަމަޖެހިފައި އޮތީ މިއަދު ކަމަށާއި، ނަމަވެސް ދަތުރުފުޅު މާދަމާއަށް ބަދަލުކުރެވުނީ މޫސުން ގޯސްވުމުގެ ސަބަބުން އެއާޕޯޓް ހުޅުވުން މާދަމާއަށް ފަސްކުރުމާއި ގުޅިގެން ކަމަށެވެ. 

ހޯރަފުށި އެއާޕޯޓަކީ މިސަރުކާރުން އެޅި ފުރަތަމަ އެއާޕޯޓެވެ. 198 މިލިއަން ރުފިޔާގެ މި މަޝްރޫއު ސަރުކާރުން ނިންމާލާފައިވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައެވެ. އެގޮތުން އެއާޕޯޓް އެޅުމަށްޓަކައި މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ 842،200 ކިއުބިކް މީޓަރުގެ ބިން ހިއްކާފައެވެ. އަދި އެއާޕޯޓުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލާފައިވާއިރު، އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަންއެއް ވަނީ ތަރައްގީކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް