މިނިސްޓަރު ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެގި ކަޅުވަކަރު މިސްކިތް އަލުން ބަހައްޓާ މިއަދު ހުޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
އެގޮތުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ކަޅުވަކަރު މިސްކިތަކީ ރައީސް ޔާމީންގެ ސަރުކާރުގައި އައިސް ސްކޭޓިންރިންކެއް ހެދުމަށް ނަގާ އެއްލާލި މިސްކިތެއް ކަމަށެވެ. އަދި އެ މިސްކިތް މާލޭ ބޮޑުގަނޑުވަރު ގޯތިތެރޭ އަލުން ބަހައްޓަވައި ދެއްވުމީ ރާއްޖެ އިސްލާމްވިދުވަހު ރައީސް ސޯލިހް ދެއްވި އަގުހުރި ހަދިޔާއެއް ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.
އަދި އެކަމަކީ މި ބިމުން އިސްލާމްދީން ފޮހެ ނުލެވޭނެ ކަމުގެ ވަރުގަދަ މެސެޖެއް ކަމަށްވެސް ވިދާޅުވި އެވެ.