ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި އެމަނިކުފާނު ވިދާޅުވީ، އިސްލާމް ދީނުގެ މަތިވެރި ހަމަތަކަށް ރާއްޖެ ބޯލަންބަންފެށީ ސޫފީ ދަންނަބޭކަލުންގެ މަޑުމައިތިރި ސުލްހަވެރި މަސައްކަތްޕުޅުން ކަމަށެވެ.
އަދި ދިވެހިންގެ އަގީދާ ބަދަލުކުރަން ތަފާތު ދަންނަބޭކަލުންގެ ނަމުގައި މީހުން މަސައްކަތްކުރާ ކަމަށާއި، ނަމަވެސް ދިވެހިންގެ އިސްލާމީ އަގީދާ ބަލިކަށި ނުވާކަމަށް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ.