ads
ކަޅުވަކަރު މިސްކިތް--
ކަޅުވަކަރު މިސްކިތް ހުޅުވާފައި ހުންނާނީ ފަތިހު ފަހަކުން ރޭގަނޑު ނުއަކަށް
ކަޅުވަކަރު މިސްކިތާއި އެ ސަރަހައްދުގައި ގާއިމުކޮށްފައިވާ މައިޒާން ހުޅުވާފައި ހުންނާނީ ފަތިހު ފަހަކުން ފެށިގެން ރޭގަނޑު އަށަކަށް ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފި އެވެ.

މިއަދު ކަޅުވަކަރު މިސްކިތް ހުޅުވާފައިވާއިރު ގައުމީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނީ ސަލްޓަން ޕާކުގެ އިރު ދެކުނު ކަންމަތީގައި ހުއްޓައި، 2016 ވަނަ އަހަރު ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތް އެ މަރުކަޒުން އަލުން ރާވައި، މިހާރު ވަނީ ޗާންދަނީމަގު، މެދުޒިޔާރަތްމަގު ގުޅޭކަންމަތިގައި ބަހައްޓާފައި ކަމަށެވެ. 

އެގޮތުން އެ މިސްކިތް ހުޅުވާފައި ވަނީ އާންމުންނަށް ނަމާދު ކުރެވޭނެގޮތަށާއި އަދި މިސްކިތް ވަށައިގެންވާ ސަރަޙައްދު ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައި ތަރައްގީކޮށްފައިވާއިރު މިއަދުގެ މެންދުރު 14:00 އިން ފެށިގެން އާންމުންނަށް މިސްކިތާއި މިސްކިތް ވަށައިގެންވާ މައިޒާން ބޭނުންކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. 

ކަޅުވަކަރު މިސްކިތާއި މައިޒާން ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް، ކޮވިޑް-19 އަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިސްކިތްތަކާއި މައިޒާންތައް ބޭނުންކުރުމާއި ގުޅޭގޮތުން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވާއިރު ކަޅުވަކަރު މިސްކިތަކީ ރާއްޖޭގެ އަސާރީ ތަރިކައެއްކަމުން، މިސްކިތާއި މައިޒާން ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް މިސްކިތަށް ހުރުމަތްތެރިކޮށް ހިތައި، މިސްކިތަށް ގެއްލުމެއް ނުލިބޭނެހެން މިސްކިތާއި މައިޒާން ބޭނުން ކުރުމަށް ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް