ހަ ލަނޑު ސުން ލަނޑުގެ ލަދުވެތި ނަތީޖާއަކުން ސްޕެއިން އަތުން ޖަރުމަން ބަލިވުން މިއީ 1931 ވަނަ އަހަރުގެ ފަހުން ޖަރުމަނުގެ ޓީމު މެޗަކުން ބަލިވި އެންމެ ދަށް ނަތީޖާއެވެ. 1931 ވަނަ އަހަރު ޖަރުމަނު ވަނީ އޮސްޓްރިއާ އަތުން ހަ ލަނޑު ސުން ލަނޑުން ބަލިވެފައެވެ.
ރޭގެ މެޗުގައި ސްޕެއިންގެ އުމުރުން 20 އަހަރުގެ ފެރާން ޓޮރޭޒް ވަނީ ހެޓްރިކެއް ހަދާފައެވެ. އަނެއް ތިން ގޯލް ޖެހީ އަލްވާރޯ މޮރާޓާ އަދި ރޮޑްރީގެ އިތުރުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް މިކޭލް އޮޔާޒަބަލްއެވެ.