ކުރިން މި އަހަރުގެ ޑިސެމްބަރު މަހު ބާއްވަން ކަނޑައަޅާފައިވާ ފީފާ ކްލަބު ވޯލްޑްކަޕް ފަސްކުރަން ޖެހުނީ ކޮވިޑާ ހެދި މުޅި ދުނިޔޭގެ ފުޓްބޯޅަ ކަލަންޑަރުތައް ބަދަލުކުރަން ޖެހުމުންނެވެ. މިހާރު ކަނޑައަޅާފައިވާ ގޮތުން ކްލަބު ވޯލްޑްކަޕް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އެކަކުން ފެށިގެން ގަތަރުގައެވެ.
ފީފާ ކްލަބު ވޯލްޑްކަޕުން މިހާތަނަށް ޖާގަ ލިބިފައި ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ޖަރުމަނުގެ ބަޔާން މިއުނިކާއި، މުބާރާތް ހޯސްޓް ކުރާ ގައުމުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ގަތަރުގެ އައްދުހައިލްއެވެ. އެހެން ބައްރުތަކުން ކޮލިފައިވާ ޓީމުތައް އަދި ކަނޑަނޭޅެއެވެ.
އަންނަ އަހަރު ކްލަބު ވޯލްޑްކަޕް ގަތަރުގައި އޮންނައިރު، 2022 ވަނަ އަހަރު ފީފާ ވޯލްޑްކަޕު ވެސް އޮންނާނެ އެވެ. ފީފާ ވޯލްޑްކަޕު ވެސް އޮންނާނީ ގަތަރުގައެވެ.