ads
ނިކް ޖޯނަސް
ނިކް އެނބުރި "ދަ ވޮއިސް" އަށް
"ދަ ވޮއިސް" ސީޒަން 20 އަށް ކޯޗެއްގެ ގޮތުގައި ލަވަކިޔުންތެރިޔާ އަދި އެކްޓަރު ނިކް ޖޯނަސް އެނބުރި އަންނާނެ ކަމަށް ބުނެފި އެވެ.

އެންބީސީން ގެނެސްދޭ އެ ޝޯގައި ނިކްގެ އިތުރުން ކޯޗުންގެ ގޮތުގައި ފެނިގެން ދާނީ ޖޯން ލެޖެންޑް، ބްލޭކް ޝެލްޓަން އަދި ކެލީ ކްލާކްސަން އެވެ.

މި ފަހަރުގެ ޝޯގައި ނިކް ބައިވެރިވެވަނީ ގްވެން ސްޓިފަނީގެ ބަދަލުގަ އެވެ. އެކަން އިއުލާނުކޮށް ނިކް ބުނީ އޭނާ އެނބުރި އަންނަނީ ޝޯ ކާމިޔާބު ކުރަން ކަމަށެވެ. 

ނިކް އެންމެ ފުރަތަމަ "ދަ ވޮއިސް" އިން ފެނުނި ސީޒަން 18 ގައެވެ. އެ ސީޒަން ދައްކާފައި ވަނީ މި އަހަރުގެ ކުރީކޮޅު އެވެ. ސީޒަން 20 ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. 

"ދަ ވޮއިސް" ގެ އިތުރުން ފިލްމުތަކެއްގެ މަސައްކަތް ވެސް ނިކް ދަނީ ކުރަމުންނެވެ. އެގޮތުން ޑެއިޒީ ރިޑްލީ އާއި ޓޮމް ހޮލެންޑާއެކު "ކެއޯސް ވޯކިން" އިން އޭނާ ފެންނާނެ އެވެ. އެ ފިލްމު ނެރޭނީ އަންނަ އަހަރު އެވެ.

އޭގެ އިތުރުން އެކްޝަން ތްރިލާ ފިލްމު "ދަ ބްލެކްސްމިތު" ގައި ލޯރެންސް ފިޝްބާން އާއެކު ވެސް އޭނާ ފެންނާނެ އެވެ. އެ ފިލްމު ނެރޭނެ ތާރީހު އިއުލާނުކޮށްފައެް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް