ads
މީގެ ކުރިން ލޫން ޕްރޮޖެކްޓްގެ ބެލޫން ވެއްޓިގެން ސިފައިން ހަރަކާތްތެރިވަނީ/ ފޮޓޯ: އެމްއެންޑީއެފް
ގޫގުލް ލޫން ޕްރޮޖެކްޓްގެ ބެލޫނެއް ރާއްޖެއަށް ތިރިކުރަނީ
ގޫގްލް ލޫން ޕްރޮޖެކްޓުގެ ބެލޫނެއް ރާއްޖެ ސަރަހައްދަށް މިރޭ ތިރިކުރަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ މިރޭ 21:00 ހާއިރު ގޫގުލް ލޫން ޕްރޮޖެކްޓްގެ ބެލޫނެއް ދ. އަތޮޅު ކަނޑުގެ ސަރަހައްދަށް ތިރިކުރާ ގޮތަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ. އަދި އެކަން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އިން ދަނީ މޮނިޓާކުރަމުން ކަމަށް ވެސް ބުނެފައިވެ އެވެ.

ގޫގުލް ލޫން ޕްރޮޖެކްޓްގެ ބެލޫނެއް ރާއްޖެއަށް ތިރިކުރަން ހަމަޖެހިފައިވާއިރު މީގެ ކުރިން ދެ ފަހަރެއްގެ މަތީން އެ ޕްރޮޖެކްޓްގެ ބެލޫނެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވެފައިވެ އެވެ. 

ލޫން ޕްރޮޖެކްޓްގެ ބެލޫން އަކީ ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ "ލޫން ޕްރޮޖެކްޓް" ގެ ދަށުން ރާއްޖެ ސަރަހައްދަށް ތިރިކުރަމުންދާ ބެލޫންތަކެއް ކަމަށް މީގެ ކުރިން އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.

 ލޫން ޕްރޮޖެކްޓަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަންއިން ހުއްދަ ލިބިގެން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެެވެ. އެގޮތުން ކޮންމެ ހަ ގަޑިއަކުން ރާއްޖެ ސަރަހައްދުގައި އުޅޭ ލޫން ބެލޫންތަކުގެ މައުލޫމާތު ރާއްޖޭގެ އެއާޓްރެފިކް ކޮންޓްރޯލަށާއި ކޯސްޓްގާޑް އޭވިއޭޝަންއިން އަޕްޑޭޓް ކުރަމުން ދިޔަކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ.

ލޫން ޕްރޮޖެކްޓްގެ ގޫގްލް އިންޓަނެޓް ބެލޫން އެއް އެންމެ ފުރަތަމަ ރާއްޖެ ސަރަހައްދަށް ތިރިކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށެވެ. އޭގެ ފަހުން ގދ. އަތޮޅު ވާދޫގެ ހުޅަނގުން ތިން ނޯޓިކަލް މޭލު ބޭރުން އައްޑޫ ކަނޑަށް ގޫގްލް އިންޓަނެޓް ބެލޫންއެއް ތިރިކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް