ހެރިޓޭޖް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން އާ އާންމު ހާލަތުގައި ގައުމީ ކުތުބުހާނާގެ ހިދުމަތް ފެށުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކު އެތަން ހުޅުވާލަން ނިންމާފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.
މިނިސްޓްރީން ބުނީ އާންމު ހާލަތުގައި ގައުމީ ކުތުބުޚާނާއިން ހިދުމަތް ދެމުން ގެންދާނީ ހަފްތާއަކު 3 ދުވަހުކަމަށެވެ. އެއީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، އަންގާރަ، ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އިން 15:00 އަށް ކަމަށް ބުނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ކުތުބުހާނާ ވެސް ބަންދުކޮށްފައިވާއިރު ހާލަތަށް ބަލާއި އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ތަންތަން ދަނީ ހުޅުވަމުންނެވެ.