ads
ނާދިރާ އެމްއާރުއެމްގެ ނައިބު ރައީސް
ވައްކަމެއް ނުބެލުނު، ކޮރަޕްޝަނަށް ފަސްއެޅި ނިމެނީ: ނާދިރާ
މި ސަރުކާރަށް ވައްކަމެއް ވެސް ނުބެލުނު ކަމަށާއި، ކޮރަޕްޝަނަށް ވެސް ފަސްއެޅި ނިމެނީ ކަމަށް ވިދާޅުވެ، މޯލްޑިވްސް ރިފޯމް މޫވްމެންޓުގެ ނާއިބު ރައީސް އައިމިނަތް ނާދިރާ ފާޑުވިދާޅުވެއްޖެއެވެ.

ނާދިރާ މިހެން ވިދާޅުވީ، ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލްއަގްވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރަން އުޅޭކަމުގެ އަޑުއަރާފައި ވަނިކޮށް އެކަމަށް ފާޑުވިދާޅުވަމުން ކުރައްވާފައިވާ ޓްވީޓެއްގައެވެ. 

އެގޮތުން ނާދިރާ ވަނީ، މިހާރު ދަރުމަވަންތަ ހޮސްޕިޓަލުގެ ކޮރަޕްޝަންތައް ބަލާ ނިމިގެން ރަހުނު ކުރަނީތޯ ސުވާލު އުފައްދާފައެވެ. އެގޮތުން ނާދިރާ ވަނީ މިސަރުކާރަށް ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ނުބެލޭ ކަމަށް ވިދާޅުވެފައެވެ. އަދި "ވައުދުތައް ރަނުން ރަނަށް" މި އިބާރާތް ފާހަގަކުރައްވައި ނާދިރާ ވަނީ ފާޑުވިދާޅުވެފައެވެ.

ނާދިރާ މިމޭރުމުން ސަރުކާރަށް ފާޑުވިދާޅުވީއިރު އޭނާއަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ނާއިބު ރައީސާކަން ފާހަގަކޮށްލެވެއެވެ. އަނެއްކޮޅުން މިހެން ވިދާޅުވެފައި މިވަނީ އަންނަ އަހަރަށް ސަރުކާރުން ލަފާކޮށްފައިވާ ބަޖެޓުގައި ދަރަނި ބޮޑުވެ އިގްތިސާދީ ހާލަތު ދަށަށް ދިއުމާއި ގުޅިގެން ސަރުކާރަށް އިންތިހާއަށް ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. 

އެގޮތުން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރަން އުޅޭކަމުގެ އަޑުއަރާފަވާތީ ކުރީގެ ނާއިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޖަމީލް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލު ވިއްކާލަނީ ހަމަ ހަގީގަތުގައި ވެސް ބަނގުރޫޓުވުމުން ކަމަށާއި އަދި އެކަމަކީ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް