ads
ރާއްޖޭގެ ރިސޯޓެއް---
ޓީޓީއެމް ޝޯ މި މަހުގެ 25 އާއި 26 ގައި
ރާއްޖޭގައި ޓްރެވަލްއަށް ހާއްސަކޮށް ބާއްވާ އެންމެ ބޮޑު އެއް ޝޯ ކަމަށްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) މި މަހުގެ ފަހުކޮޅު ކުރިއަށް ގެންދަން ނިންމައިފި އެވެ.

މިއީ ޓީޓީއެމް ޝޯ ބާއްވާ ހަތަރުވަނަ އަހަރު ކަމަށްވާ އިރު، މިފަހަރުގެ ޝޯ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ވާޗުއަލްކޮށް ކަމަށް އެ ޝޯ އިންތިޒާމްކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެގޮތުން މި އަހަރުގެ ޓީޓީއެމް ޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހާއި 26 ވަނަ ދުވަހުގަ އެވެ

މި އަހަރުގެ ޝޯގައި ވެސް ގިނަ ހޮޓެލްތަކާއި ޓްރެވަލް އޭޖެންސީތަކުން ބައިވެރިވާކަން ފާހަގަކުރެވޭ އިރު، މި އަހަރުގެ ޓީޓީއެމް ޝޯގައި ރާއްޖޭގައި އޮތް ފުރުސަތުތަކާއި، ފަތުރުވެރިކަމާއި ގުޅޭ ގޮތުން މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވޭނެ އެވެ.

"ޓީޓީއެމް ކަނެކްޓް" ޕޯޓަލް މެދުވެރިކޮށް މި އަހަރުގެ ޓީޓީއެމް ޝޯ ބާއްވަން ހަމަޖެހިފައިވާ އިރު، އެ ޕޯޓަލް މެދުވެރިކޮށް 500 އަށް ވުރެ ގިނަ ހޮޓެލްތަކާއި، ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް ޓްރޭޑް މީޑިއާތަކުން ބައިވެރިވާނެ އެވެ.

އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި އޮންލައިން ސޮފްޓްވެއާ ބޭނުންކޮށްގެން މި އަހަރުގެ ޝޯ އަށް ހާއްސަކޮށް ހަދާފައިވާ ޓީޓީއެމް ކަނެކްޓް ޕޯޓަލްގައި އެ ޝޯ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލޮބީ އެއްގެ އިތުރުން ބޫތުތަކާއި، ޓީޓީއެމްގައި ބައިވެރިވާ ފަރާތްތަކަށް ފަސޭހަ ކަމާއިއެކު ބީޓުބީ މީޓިން ބޭއްވޭނެ އިންތިޒާމާއި، ވަގުތުން ޕްރެޒެންޓޭޝަން ދެއްކޭނެ ގޮތް ހަދާފައިވެ އެވެ. އެގޮތުން ބީޓުބީ މީޓިންތައް ބާއްވާ ފަރާތްތަކަށް 50 މީޓިން ޕްރީ އެރޭންޖް ކުރެވޭނެ ކަމަށްވެސް ޓީޓީއެމް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް