ފައިނަލް ބުރުގެ ޖާގަ ބެލްޖިއަމުން ހޯދީ، ބުދަ ދުވަހުގެ ރޭ ޑެންމާކު ބަލިކޮށްގެނެވެ. ޑެންމާކާއި ބެލްޖިއަމް މެޗުން ބެލްޖިއަމް މޮޅުވީ ހަތަރު ލަނޑު ދެ ލަނޑުންނެވެ. ބެލްޖިއަމްގެ ދެ ލަނޑު ރޮމެލޫ ލުކާކޫ ޖެހިއިރު ކެވިން ޑިބްރޭނާވެސް ލަނޑެއް ޖެއްސެވެ. އަނެއް ގޯލަކީ ޑެންމާކު ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ދެ ގޯލު ޖެހިއިރު، އަނެއް ދެ ގޯލު ޖެހީ ކެވިން ޑިބްރޭނާ އަދި ޔޫރީ ޓިއެލެމަންސްއެވެ.
ބުދަ ދުވަހުގެ ރޭ އިޓަލީ ކުޅުނީ ބޮސްނިއާއާ ދެކޮޅަށެވެ. މި މެޗުން އިޓަލީ މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. ލަނޑުތައް ޖެހީ އަންދްރެއާ ބެލޮއްޓީ އާއި ޑޮމެނީކޯ ބެރާޑީ އެވެ.