ads
ދުވަސްވީ މީހަކު އައިޖީއެމްއެޗް ކައިރީގައި-- ފޮޓޯ: ސަން އޮންލައިން
މުސްކުޅިންނަށް އަޅާ ނުލުމުގެ ހަތަރު މައްސަލަ މިދިޔަ މަހު ރިޕޯޓުކުރި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން މިދިޔަ އޮކްޓޫބަރު މަހު 16 މައްސަލަ ހުށަހަޅައިފި އެވެ.

އެއީ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު މަދު އަދަދެކެވެ. ސެޕްޓެމްބަރު މަހު މިފަދަ 32 މައްސަލަ ހުށަހަޅާފައި ވެއެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅުން ހުރި 21 މައްސަލަ އާއި އުމުރުން ދުވަސްވީ މީހުންނާ ގުޅުން ހުރި 11 މައްސަލަ އެވެ.

މިދިޔަ މަހުގެ ތަފާސްހިސާބަށް ބަލާއިރު ހުށަހަޅާފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 12 މައްސަލަ އާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހަތަރު މައްސަލައެވެ.

ދައުލަތުގެ ރައްކާތެރިކަން ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން ވެސް މިހާރު ބައިތިއްބަނީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގަ އެވެ. 

ނަމަވެސް އުމުރުން ދުވަސްވީ މީހުން ބޭތިއްބުމަށް ހާއްސަ "ރެޒިޑެންޝަލް ކެއާ ހޯމް" ރާއްޖޭގެ ދެ ސަރަހައްދެއްގައި އެޅުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑިބީ) ގެ އެހީ މިހާރު ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ރެޒިޑެންޝަލް ކެއާ ހޯމް އެޅުމަށް ނިންމާފައި ވަނީ މާލެ އާއި އައްޑޫ ސިޓީގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް