ads
ޖެމީ ޑޭ ބަންގްލަދޭޝް ކުޅުންތެރިންނާއި އެކު
ހެޑް ކޯޗު ނުލައި ބަންގްލަދޭޝް ގަަތަރަށް
ކޮވިޑަށް ޕޮޒިޓިވްވެފައި ވާތީ، ހެޑް ކޯޗު ޖެމީ ޑޭ ނުލައި، އޭޝިއަން ކަޕްގެ ވޯލްޑްކަޕް ކޮލިފައިންގައި ކުޅެން ޖެހޭ މެޗަށް ބަންގްލަދޭޝްގެ ގައުމީ ޓީމު ގަތަރަށް ހިނގައްޖެއެވެ.

ބަންގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމު، ބުރާސްފަތި ދުވަހު ގަތަރަށް ދިޔައީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ އެ ގައުމުގެ ހެޑް ކޯޗު ޖެމީ ޑޭ ބަންގްލަދޭޝްގައި ބަހައްޓާފައެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ޓެސްޓްތައް ހެދުމަށް ފަހު ޖެމީ ޑޭއަށް ނެގެޓީވް ރިޒަލްޓެއް ލިބިއްޖެ ނަމަ އޭނާ ގަތަރަށް ގޮސް ޓީމާ ގުޅޭނެއެވެ. 

ޑިސެމްބަރު މަހުގެ ކުރީކޮޅު، ވޯލްޑްކަޕް ކޮލިފައިންގައި ގަތަރާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް ތައްޔާރުވުމަށް ބަންގްލަދޭޝްއިން ވަނީ އެކުވެރިކަމުގެ ދެ މެޗު، އަވަށްޓެރި ނޭޕާލާ ދެކޮޅަށް ކުޅެފައެވެ. މީގެ ތެރެއިން ފުރަތަމަ މެޗު ދެ ލަނޑު ސުން ލަނޑުން ބަންގްލަދޭޝް ކާމިޔާބުކޮށްފައިވާއިރު، ދެވަނަ މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ޖެމީ ޑޭ ކޮވިޑަށް ޕޮޒިޓިވްވީ ނޭޕާލާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗަށް ފަހުއެވެ. ނޭޕާލާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުގައި ޖެމީ ޑޭއަށް ޓީމާ އެކު ނުހުރެވުމުން، ކޯޗުކަމުގެ ޒިންމާ އުފުލީ އެސިސްޓެންޓް ކޯޗެވެ. 

ޑިސެމްބަރު މަހުގެ ކުރީކޮޅު، ގަތަރާ ދެކޮޅަށް ރަސްމީ މެޗެއް ކުޅެން ބަންގްލަދޭޝްއިން ތައްޔާރުވަމުންދާއިރު، 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝްއިން ވަނީ ގަތަރު ބަލިކޮށްފައެވެ. ދެ ގައުމުގެ އޮލިމްޕިކް ޓީމު ވާދަކުރި މި މެޗުގައިވެސް ބަންގްލަދޭޝްއަށް އިރުޝާދު ދިނީ އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖެމީ ޑޭއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް