ads
ފަތުރުވެރިން---
މި މަހު 25،000 ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ
ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 60،000 އާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން ރާއްޖެ އަތުވެއްޖެ އެވެ.

ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން އިއްޔެގެ ނިޔަލަށް 59،105 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، މި އަހަރުގެ މިހާތަނަށް ރާޢްޖެ އަށް 441،952 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ބޯޑަރު ހުޅުވާލިތާ ފުރަތަމަ ފަނަރަ ދުވަސްތެރޭ 1،701 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، އޮގަސްޓް މަހު 7،628 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އަދި ސެޕްޓެމްބަރު މަހު 9،538 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، އޮކްޓޯބަރު މަހު 21،515 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އަދި ނޮވެމްބަރުގެ މިހާތަނަށް 18،723 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

ފުރަތަމަ ފަނަރަ ދުވަސްތެރޭ ދުވާލަކު އެވަރެޖްކޮށް 113 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ އިރު، އޮގަސްޓް މަހު ދުވާލަކު އެވަރެޖްކޮށް 246 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ. އަދި ސެޕްޓެމްބަރު މަހު ދުވާލަކު އެވަރެޖްކޮށް ރާއްޖެ އަށް 318 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، އޮކްޓޯބަރު މަހު މި އަދަދު ވަނީ 694 އަށް އިތުރުވެފަ އެވެ. އަދި ނޮވެމްބަރު މަހު 1،040 އަށް މި އަދަދު އަރާފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމު ކުރި ތަފާސްހިސާބުގައިވާ ގޮތުން، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަހުން މަހަށް އިތުރުވަމުން އަންނަކަން ފާހަގަކުރެވެ އެވެ. ލަފާކުރެވޭ ގޮތުގައި މި މަހު 25،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ބައިލައްކަ ފަތުރުވެރިން ހަމަކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް