ގާޑިއޯލާއާއި މެންޗެސްޓާ ސިޓީއާ ދެމެދު ސޮއިކުރެވުނު އާ އެއްބަސްވުމުގެ ދަށުން 2023 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް ސިޓީގެ ހެޑް ކޯޗުގެ މަގާމުގައި ގާޑިއޯލާ ހުންނާނެއެވެ.
ދެހާސް ސޯޅަ ވަނަ އަހަރު މެންޗެސްޓާ ސިޓީއާ ހަވާލުވި ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީންވަނީ އިންގްލިޝް ޕްރިމިއާ ލީގު ދެފަހަރު، ލީގު ކަޕް ތިން ފަހަރު އަދި އިންގްލިޝް އެފްއޭ ކަޕް އެއް ފަހަރު ހޯދާފައެވެ. އުމުރުން ސާޅިސް ނުވަ އަހަރުގެ ގާޑިއޯލާއާ އެކު ސިޓީއަށް އެންމެ މުހިއްމު މުބާރާތަކަށް ވެގެންދާނީ މިހާތަނަށް އަދި ކާމިޔާބު ކުރެވިފައި ނުވާ ޗެމްޕިއަންސް ލީގެވެ.
ސިޓީގައި އިތުރު ދެ އަހަރު މަޑުކުރަން ގާޑިއޯލާ ސޮއިކުރިއިރު، އޭނާގެ ކޮންޓްރެކްޓް ހަމަވާން އޮތީ މި ސީޒަންގެ ނިޔަލަށެވެ. ގާޑިއޯލާވަނީ ކުރިން ބާސެލޯނާ އަދި ޖަރުމަނުގެ ބަޔާން މިއުނިކަށްވެސް ކޯޗުކޮށްދީފައެވެ.