ads
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ސަން
ކިތަންމެ ބޮޑު ދޮގެއް ހަދަންވެސް ރައީސް ޖެހިލުން ނުވޭ: އަދުރޭ
ދިވެހި ރައްޔިތުންގެ ކުރިމަތީގައި ކިތަންމެ ބޮޑު އިތުރުފުޅެއް ހައްދަވަންވެސް ރައީސް ޖެހިލުންވެވަޑައި ނުގަންނަވާކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ، ހޯރަފުށި އެއާޕޯޓް ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، ބަޖެޓާއި ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ. 

އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ 34.6 ބިލިއަން ރުފިޔާގެ ބަޖެޓަކީ މިވަގުތަށް ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓް ކަމަށެވެ. 

މިވާހަކަފުޅަށް ފަޑުވިދާޅުވަމުން އަދުރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ރައީސްގެ މިވާހަކަފުޅުން ކަށަވަރުވި ކަމަކީ، އެމަނިކުފާނަށް ދަރަންޏާއި އަރަންޏާއި ރިޒާވަކީ ކޯއްޗެއްކަން އެނގިވަޑައި ނުގަންނަވާކަން ކަމަށާއި، ގޮތްހުސްވެ ހައްދަވާނެގޮތެއް އެނގިވަޑައިނުގެން ތުރުތުރު އަޅުއްވާކަން ކަމަށެވެ. 

ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވަނީ، ބަޖެޓުގައި ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަނިމާދޫ އެއާޕޯޓާއި އައްޑޫ އެއާޕޯޓް އަދި ބްރިޖާއި މާލޭ ވިޔަފާރި ބަނދަރުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމުކުރުމާއި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ގާއިމުކުރުން ކަމަށާއި، އެ ޕްރޮޖެކްޓްތަކުގެ ފައިސާ ހުރީ ހަމަޖެހިފައި ކަމަށް ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް