ads
ލޮނުޒިޔާރަތް ޕާކު ހުޅުވުމުގެ ތެރެއިން--
ޕާކުތައް ހެނދުނު ވަގުތު ހާއްސަ ވާނީ ދޮށީ އުމުރުގެ މީހުންނަށް: ޝިފާ
ޕާކުތައް ހެނދުނު ވަގުތު ހާއްސަވާނީ ދޮށީއުމުރުގެ މީހުންނަށާއި ކަސްރަތު ކުރަން ދާ ފަރާތްތަކަށް ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

ކޮވިޑް-19 އިން ރައްކާތެރިވުމަށް އާއްމުކޮަށް އެއްވެ އުޅޭތަންތަން ބަންދުކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން މާލޭ ސީޓީގެ ޕާކުތަކާއި މައިޒާންތައް ވެސް އޮތީ ބަންދުކޮށްފަ އެވެ. އެހެންނަމަވެސް މިހާރު ރާއްޖެއިން ކޮންމެ ދުވަހަކު ފެންނަ ކޮވިޑް ކޭސްތައް މަދުވަމުން ދިއުމާއި ގުޅިގެން އެޗްޕީއޭއިން އޭރު އަޅާފައިވާ ގިނަ ފިޔަޅުތަކަކަށް މިހާރު ވަނީ ލުއިި ދީފައެވެ.

އެޗްޕީއޭއިން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން ހަތަރުކަމަކުން ލުއި ދީފައިވާއިރު ގައިޑްލައިންތަކާ އެއްގޮތަށް، ޕާކުތަކާއި މައިޒާންތަކާއި ދާރުލް އާސާރުތަކާ އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވައިލުމަށް އެޗްޕީއޭއިން އޮތީ ހުއްދަދީފައެވެ. 

އެގޮތުން ލޮނުޒިޔާރާތްކޮޅުގައި ތަރައްގީކުރި ޕާކުވެސް ވަނީ މިމަހުގެ 11 ވަނަ ދުވަހު އާއްމުންނަށް ހުޅުވާފައެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައި އޮތް ސަލްޓަން ޕާކުވެސް މާދަމާ ހުޅުވާލަން ވަނީ ނިންމާފައެވެ. 

ޝިފާ ވިދާޅުވީ ޕާކް ހުޅުވިފައި ހުންނާނީ ފަތިހު 04:30 އިން ފެށިގެން ހެނދުނު 09:00 އަށް ކަމަށެވެ. އަދި ހަވީރު 04:30 އިން ރޭގަނޑު 09:30 އަށް ވެސް ޕާކް ހުޅުވިފައި ހުންނާނެ ކަމަށް މައުލޫމާތުދީފައިވެ އެވެ. 

އެގޮތުން ލޮނުޒިޔާރާތް ޕާކާއި މަދާމާ ހުޅުވާލާ ސަލްޓަން ޕާކުވެސް ހެނދުނު ވަގުތު ހާއްސަ ވާނީ ކަސްރަތު ކުރަން ނިކުމެ އުޅޭ ފަރާތްތަކަށާއި އުމުރުން ދުވަސްވީ މީހުންނަށް ކަމަށް މޭޔަރު ޝިފާ ވަނީ ވިދާޅުވެފއެވެ. 

ޕާކުގައި އުޅޭއިރު މާސްކް އެޅުމަށާއި ގައިދުރުކަމަށް ސަމާލުކަން ދިނުމަށްވެސް މޭޔަރު ޝިފާ އެދިވަޑައިގެންފައިވެ އެވެ. 

ޕާކުތެރެ ސާފުކުރުމާއި އަލުން އާއްމުންނަށް ހުޅުވާޅުމުގެ ގޮތުން ކޮވިޑް-19 ގެ މިހާލަތުގައި ޕާކު ތެރެއަށް ވަންނަ ފަރާތްތައް ސަމާލުކަން ދޭންޖެހޭ ކަންތައްތައް ދައްކުވާދޭ ސައިން ބޯޑުތައް ވަނީ ބަހައްޓާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް