ads
އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން--
ޔުމްނާގެ މެސެޖް ބެލެނިވެރިންނަށް: ކުއްޖާގެ ހުނަރުތައް ދެނެގަނެ ކުރިއެރުމުގެ ފުރުސަތު ދީ
ކުއްޖާގެ ހުނަރުތައް ދެނެގަނެ އެފަދަ ހުނަރުތައް ކުރިއެރުމަށް ކުއްޖާއަށް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރުމަށް ބެލެނިވެރިންގެ ކިބައިން އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން އެދިވަޑައިގެންފި އެވެ.
Advertisement

ބައިނަލް އަގްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ޔުމްނާ ދެއްވި ކުރު މެސެޖެއްގައި ވިދާޅުވީ ކޮންމެ ކުއްޖަކީވެސް ހާއްސަ ކުއްޖެއްކަމަށާއި އަދި ހާއްސަ ހުނަރެއް ލިބިފައިވާ ކުއްޖެއް ކަމަށެވެ. 

އެހެންކަމުން އެކުއްޖަކަށް ލިބިފައިވާ ހުނަރު ތަރައްގީ ކުރަން ކޮންމެ ކުއްޖަކުވެސް މަސައްކަތްކުރަން ވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކޮންމެ ކުއްޖަކީވެސް އޯގާތެރި މީހުންނަށް އަޅާލާ އެކަކު އަނެކަކަށް އިހްތިރާމްކުރާ ކުއްޖަކަށް ވެވޭތޯ އަބަދުވެސް މަސަތްކަތްކުރަން ވާނެކަމަށް ބުނެފައިވެއެވެ. 

"ހަމަ އެހެންމެ ބެލެނިވެރިންނަށްވެސް އަޅުގަނޑު ބޭނުން މިއަދު މެސެޖެއް ދޭން. ކޮންމެ ކުއްޖަކީ މިދެންނެވިގޮތަށް ތަފާތު ކުއްޖެއްކަން ދެނެގަނެ އެކުއްޖެއްގެ ހުރި ތަފާތު ސިފަތަކާއި ހުނަރުތައް ކުރިއެރުވޭނެ ފުރުސަތުތަކެއް ކުއްޖާއަށް ބެލެނިވެރިންވެސް ހޯދައިދިނުން ވަރަށް މުހިންމު" މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

ހަމައެގޮތަށް މިނިސްޓަރު ވަނީ ސްކޫލްތަކުގެ ޓީޗަރުންގެ ކިބައިންވެސް ކުދިންގެ ހުނަރުތައް ދެނެގަނެ ހުނަރުތައް ކުރިއެރުވުމަށް އެކުދިންނަށް އެހީތެރިވުމަށް އެދިވަޑައިގަންފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ޓީޗަރުންވެސް އެކުއްޖެއްގެ ހުނަރުތައް ފާހަގަކޮށް އެފަދަ ހުނަރުތައް ޝައުގުވެރިކަމާއިއެކު ކުރިއެރުވުމަށް މަސައްކަތް ކޮށްދިނުން މުހިންމުކަމަށެވެ. އަދި ކުދިންނަށް އަބަދުވެސް އޯގާތެރިވެ އަޅާލުމާއި، އެކަކު އަނެކަކަށް އިހްތިރާމްކުރަން ދަސްކޮށްދިނުމަށް އެދިފައިވެއެެވެ. 

މިނިސްޓަރު ވިދާޅުވީ ކުއްޖާ ބޮޑުވެގެން އަންނަ ދުވަސްވަރު އެފަދަ ރިވެތި ސިފަތައް ދަސްކޮށް ދެވިއްޖެނަމަ މި މުޖުތަމައުއަކީ އަމާން ރައްކާތެރި ތަނަކަށް ހޭދޭނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް