ސުޝްމިތާގެ އުފަންދުވަހު ލިބުނު އެންމެ ބޮޑު ހަދިޔާގެ ގޮތުގައި ފާހަގަކޮށް ސުޝްމިތާ ވަނީ އޭނާގެ ދަރިފުޅު އެންމެ ފުރަތަމަ ކުޅޭ ވެބް ސީރީސްގެ ޓްރެއިލާ އިންސްޓާގައި ހިއްސާކޮށްފައެވެ.
ސުޝްމިތާ ބުނީ އެއީ އުފަންދުވަހު ލިބުނު އެންމެ ބޮޑު ސަޕްރައިޒް ކަމަށާއި ދަރިފުޅުގެ ހުވަފެންތައް ހަގީގަތަކަށް ވެގެން ދިޔުމުން އުފާވާ ކަމަށެވެ.
ރެނީ ފިލްމީ ދުނިޔެއަށް ނިކުމެފައި ވަނީ ރެނީގެ އަމިއްލަ މަސައްކަތުން ކަން ފާހަގަކޮށް ސުޝްމިތާ ބުނީ ބޭނުންވާ މަންޒިލަށް ވާސިލްވާން ދަރިފުޅު އަމިއްލައަށް ކުރި މަސައްކަތާއި މެދު ފަހުރުވެރިވާ ކަމަށެވެ.