ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުން ސަލްމާންގެ ދެ ސްޓާފަކަށް ދަނީ ބޮމްބޭ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.
ދެ ސްޓާފަކު ޕޮޒިޓިވްވެ ސަލްމާންގެ މުޅި އާއިލާ 14 ދުވަހުގެ އައިސޮލޭޝަނެއްގައި ތިބިއިރު ސަލްމާ އާއި ސާލިމްގެ ވެޑިން އެނިވާސަރީއަށް އެ އާއިލާ ދިޔައީ ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް މިހާރުގެ ހާލަތަށް ބަލައި އެ ސެލެބްރޭޝަން ލަސްކުރާނެ ކަމަށް ބެލެވެއެވެ.
އަދި މި ދުވަސްކޮޅަކީ ސަލްމާންގެ މަޝްހޫރް ރިއާލަޓީ ޝޯ ބިގްބޮސް ވެސް ކުރިއަށް ދާ ދުވަސްކޮޅެއް ކަމުން ސަލްމާން ކުއްލި ގޮތަކަށް އައިސޮލޭޓް ވާންޖެހުމާއިއެކު ބިގްބޮސްގެ ޝޫޓިންއަށް ވެސް ވަނީ ބުރޫއަރާފައެވެ.