ads
ޑރ. ޖަމީލް--
ޓެކްސް އާއި ޖޫރިމަނާގެ ނަމުގައި ހިންގަނީ ކޮރަޕްޝަން: ޖަމީލު
ޓެކްސް އާއި ޖޫރިމަނާގެ ނަމުގައި ހިންގަނީ ކޮރަޕްޝަން ކަމަށް ތުހުމަތު ކުރައްވާ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސަރުކާރުން ކޮންޓްރޯލް ކުރި ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމަށް ކަނޑައަޅައި ނައިބު ރައީސްކަމުން ދުރުކުރި ޖަމީލަކީ މިހާރު ޔާމީނުގެ ގާނޫނީ ވަކީލެވެ.

ކޮރަޕްޝަން ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީނުގެ ދިފާއުގައި ޖަމީލް ވާހަކަދައްކަވަމުން ދާއިރު، ޔާމީނުގެ ވެރިކަމުގައި ޖަމީލް ހުންނެވީ އަމިއްލައަށް ގައުމުން އަރުވާލެވިގެން ރާއްޖެއިން ބޭރުގަ އެވެ. 

އަދި އެނބުރި ގައުމަށް އައިސް، ސިޔާސީ މަސައްކަތް އަލުން ފަށަން ފުރުސަތު ލިބިވަޑައިގެންނެވީ ރައީސް ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުންނެވެ. 

އެހެން ނަމަވެސް ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު އަޑި ނޭނގޭ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. 

އަދި އެކަން އެގޮތަށް ރައީސް ކުރައްވަނީ "ކޮމްޕްރޮމައިޒް" ވެފައި ހުންނެވުމުން ކަމަށް ތުހުމަތު ކުރެއްވި އެވެ. 

މުޅި ގައުމު ފަގީރުވެއްޖެ ކަމަށާއި، ބަލާލި ކޮންމެ ދިމާލަކުން ވެސް ރައީސް ސޯލިހުގެ ނާގާބިލުކަން ފެންނަ ކަމަށް ޖަމީލް ވިދާޅުވި އެވެ. 

އޭގެ އިތުރުން ޖަމީލް ވިދާޅުވީ ޔާމީނަށް އިނގިލި ދިއްކުރަނީ ރައީސް ސޯލިހު އަމިއްލަފުޅަށް ފެއިލްވެފައި ހުންނެވިކަން ފޮރުވުމަށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް