ލޮލުގައި ސައިފަތް ޕެކެޓު އެޅުމަކީ ހަރަދު ކުޑަކޮށް، ލޮލަށް ހޯދޭނެ ޓްރީޓްމަންޓެކެވެ. މި ޓްރީޓްމަންޓަކީ ބުރަކޮށް އުޅުމަށް ފަހު، "ރިލެކްސް" ކޮށް ހިތްހަމަޖައްސާލުމަށް ކުރެވިދާނެ ފަސޭހަ ކަމެކެވެ.
ސަައިފަތް ޕެކެޓު ލޮލުގައި އަޅާނެ ގޮތް
ސައިތަށި ތައްޔާރު ކުރާ ގޮތަށް ދެ ސައިފަތް ޕެކެޓު ހޫނު ފެނަށް ލާށެވެ. އިރުކޮޅަކަށް ފަހު ސައިފަތް ޕެކެޓު ނަގާށެވެ. އަދި ދިޔަ ފެލުމަށް ފަހު ކުޑަކޮށް ހޫނުކަން ދިޔުމުން ލޮލުގައި އެޅި ދާނެ އެވެ. ލޯ މަރައިގެން ލޯ މަތީގައި ސައިފަތް ޕެކެޓު ބާއްވައިގެން 15-30 މިނެޓު އޮންނާށެވެ.
ހޫނު ޓްރީޓްމަންޓް ބޭނުން ނޫން ނަމަ ސައިފަތް ޕެކެޓު ފްރިޖަށް ލާފައި 10-20 މިނެޓު ބަހައްޓާށެވެ. އަދި އޭގެ ފަހުން ލޮލުގައި އަޅައިގެން 15-30 މިނެޓު މަޑު ކުރާށެވެ.