ads
ކެނެޑިއަން ސްޕޭސް އޭޖެންސީގެ ޖޫނިއާ އެސްޓްރޯނަޓް ޕްރޮގްރާމް ރާއްޖޭގައި އިފްތިތާހުކުރުން--
ކެނެޑާގެ ޖޫނިއާ އެސްޓްރޯނަޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް
ކެނޭޑިއަން ސްޕޭސް އެޖެންސީގެ ޖޫނިއާ އެސްޓްރޯނަޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހުޅުވާލައިފި އެވެ.

ރާއްޖޭގައި ސްޕޭސް ސައިންސް ޕްރޮމޯޓްކުރުމަށް އުފައްދާފައިވާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސައިންސް (އައިޖީއެސް) އިން ވަނީ ޖޫނިއާ އެސްޓްރޯނަޓް ޕްރޮގްރާމެއް ލޯންޗުކޮށްފަ އެވެ.

ޔޫތު ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމު ލޯންޗުކުރިއިިރު އެ ޕްރޮގްރާމު ކުރިއަށް ދާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ޕްރޮގްރާމު ކުރިއަށްދާނެ އެވެ. 

ގްރޭޑް ހަތަކުން ފެށިގެން ނުވައެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެ ޕްރޮގްރާމު ކުރިއަށް ގެންދާއިރު އެޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް ކެނޭޑިއަން ސްޕޭސް އެޖެންސީގެ ސެޓްފިކެޓް ވެސް ލިބޭނެ އެވެެ. އެގޮތުން އެ ޕްރޮގްރާމު ފުރިހަމަކުރާ ދަރިވަރުންނަށް ނާސާގައި އިތުރު ތަމްރީނުތައް ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށް އައިޖީއެސް އިން ބުނެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕޭސް ޕްރޮގްރާމެއް އައިޖީއެސް އިން ލޯންޗުކުރީ މިމަހުގެ 15 ގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް