ads
އިލެކްޝަން ކޮމިޝަންގެ ރައީސް އަދި ނައިބު ރައީސް
އީސީގެ އަގުވައްޓާލުމަށް ދޮގުވާހަކަ ނުފަތުރާ: ޝަރީފް
އިލެކްޝަން ކޮމިޝަންގެ އަގު ވައްޓާލުމަށް ސާބިތު ނުހިފޭ ދޮގު ވާހަކަތައް ނުފެތުރުމަށް އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީީފް ވިދާޅުވެއްޖެއެވެ.
Advertisement

ޝަރީފް މިހެން ވިދާޅުވީ، އީސީގެ ކުރީގެ އިސް މެމްބަރެއްގެ ފަރާތުން ކުރިމަތިވި ޖިންސީ ފުރައްސާރައާ ހެދި އެތަނުގެ މުވައްޒަފަކު އަމިއްލައަށް މަރުވާން އުޅުނު ކަމަށް އީސީގެ މެމްބަރަކު މަޖިލީހުގައި ވިދާޅުވި ކަމަށްބުނެ މިހާރު ނޫހުން ފަތުރާފައިވާ ހަބަރަކަށް ރައްދުދެއްވަމުންނެވެ. 

އެނޫހުން މިހަބަރު ޝާއިރުކޮށްފައިވަނީ، ދާދިފަހުން އީސީގެ ނާއިބު ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވި އަހުމަދު އަކްރަމްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށް އެ މައްސަލަ ބަލާފައިވާ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މެމްބަރަކާއި ހަވާލާދީއެވެ. މިމައްސަލާގެ ކޮމިޓީގެ ބައްދަލުވުންތައް ގެންގޮސްފައިވަނީ ސިއްރުކޮށްގެންކަން ފާހަގަކުރެވެއެވެ. އަނެއްކޮޅުން މިވާހަކަތަށް މީޑިއާއަށް ހިއްސާކުރީ ކޮން މެމްބަރެއްކަންވެސް ހާމަކޮސްފައެއް ނުވެއެވެ. 

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މެމްބަރަކާއި ހަވާލާދީ އެހަބަރުގައި ބުނެފައިވަނީ، އީސީގައި ކުރީއްސުރެ ޖިންސީ ފުރައްސާރައިގެ ބޮޑެތި މައްސަލަތައްހިނގަމުން އަންނަ ކަމަށާއި، ނަމަވެސް މައްސަލަތަށް ހުރީ ނުބެލި ކަމަށެށެވެ. އަދި މަޖިލީހަށް މިހާތަނަށް ހުށަހަޅާފައިވަނީ އަކްރަމްގެ މައްސަލަ އެކަނި ކަމަށެވެ. 

މިވާހަކަތަކަށް ފާޑުވިދާޅުމަން ޝަރީފް ވަނީ، މިފަދަ ކަންކަމުގައި އީސީގެ ބަހެއް ނުހޯދައި އެކޮމިޝަނާއި ގުޅޭގިތުން ހަގީގަތާއ ހިލާފު ވާހަތަކެއް ނުދެއްކުމަށް ގޮވާލާފައެވެ. ޝަރީފް ވަނީ މިހާރު ނޫހަށް އެ މައުލޫމާތު ދެއްވި މެމްބަރަކު ހާމަކޮށްފައި ނުވަނީ ކީއްވެތޯ އާއި، އީސީގެ ކަންކަން މިހާރު ހުރީ އިސްލާހު ކޮށްފައިވަން ހިމަނާފައި ނެތީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. 

ޝަރީފް ވިދާޅުވީ، ކޮމެޓީގެ ބައްދަލުވުންތައް ކުރިއަށްގެންގޮސްފައި ވަނީ ސިއްރުކޮށްގެން ކަމަށެވެ. އަދި ސިއްރުކޮށްގެން ބޭއްވި ބައްދަލުވުމެއްގައި ދެކެވުނު ވާހަކަތަކެއް އެއީ ހަގީގަތަކަށް ހަދައިގެން އެ ކޮމިޓީގެ މެމްބަރުންނަށް ނުވަތަ މެމްބަރަކަށް ކޮޮމިޓީގެ ނަމުގައި ވާހަކަ ދެއްކިދާނެތޯވެސް ސުވާލު އުފައްދާފައެވެ. 

އަކްރަމްގެ މައްޗަށް ކޮށްފައިވާ ޖިންސީ ގޯނާގެ މައްސަލަތަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ތަހުގީގު ކުރުމަށްފަހު އޭނާ މަގާމުން ވަކިކުރުމަށް ކޮމިޓީން ފާސްކޮށްފައިވާކަމުގެ އަޑު ފެތުރެމުން ދަނިކޮށް އޭނާވަނީ އިއްޔެ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް