އުމުރުން އެކާވީސް އަހަރުގެ ހާލަންޑް މި އެވޯޑް ހާސިލުކުރީ ބާސެލޯނާގެ އަންސޫ ފަޓީ، ޑޯޓްމުންޑުގެ ޖޭޑަން ސަންޗޯ، ބަޔާން މިއުނިކްގެ އަލްފަންސޯ ޑޭވިސް އަދި މެންޗެސްޓާ ޔުނައިޓެޑްގެ މޭސަން ގްރީންވުޑާ ވާދަކޮށްގެނެވެ. މިއީ ތިރީސް ނޫސްވެރިންގެ މައްޗަށް އެކުލެވޭ ޕެނަލަކުން ހޮވާ ވަނައެކެވެ.
ބޮރޫޝިއާ ޑޯޓްމަންޑްގައި ހާލަންޑް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަންގައި މިހާތަނަށް ކުޅުނު އެގާރަ މެޗުގައި ހާލަންޑްވަނީ އެގާރަ ލަނޑު ޖަހާފައެވެ.