އެކަން އޭނާ އިއުލާނު ކުރީ މިދިޔަ އަހަރު އެވެ. ނަމަވެސް އޭނާގެ ފޭނުން އަދިވެސް ދަނީ އޭނާގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
އެކަމާ ގުޅިގެން އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ޒައިރާ ވަނީ އޭނާގެ ފޮޓޯ ޝެއާކުރުން ހުއްޓާލުމަށް އެދިފަ އެވެ. ޒައިރާ ބުނީ ފޮޓޯތައް އިންޓަނެޓުން ނެގުމަކީ ނުވާނެ ކަމެއް ކަން އެނގޭ ކަމަށެވެ.
ނަމަވެސް އިތުރު އާ ފޮޓޯއެއް އިންޓަނެޓަށް ނުލުމަށް ފޭނުންގެ ކިބައިން އެދޭ ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި ޒައިރާ ބުނީ އޭނާ މަސައްކަތް ކުރަމުން ދަނީ ދިރިއުޅުމުގެ މުޅިން އާ ބާބެއް ފެށުމަށް ކަމަށެވެ.