ads
ސުޝާންތު ސިންގް ރާޖުޕުތު--
ސުޝާންތުގެ އެކައުންޓުން 17 ކަރޯޑް ރުޕީސް ގެއްލުނު ގޮތެއް ނޭނގުނު
ބޮލީވުޑުގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު ދިރިއުޅޭ އެޕާޓްމަންޓުގައި އަމިއްލައަށް މަރުވެފައި ހުއްޓާ ފެނުނުތާ މިހާރު ފަސް މަސް ވެއްޖެ އެވެ. އޭނާގެ މަރާ ގުޅޭ ޝައްކުތައް އުފެދުމުން ބެލި ބެލުމުން، އެކައުންޓުން ފައިސާތަކެއް މަދުވެފައި ހުރި ކަމާއި މަސްތުވާތަކެތީގެ މައްސަލަތަކެއް ފާހަގަވެފައި ވެއެވެ.
Advertisement

އެހެންކަމުން އިންޑިއާގެ ތަހުގީގީ އިދާރާތަކުން ދަނީ އެ މައްސަލަތައް ބަލަމުންނެވެ. އެގޮތުން ފައިސާތައް ގެއްލުނު ނުވަތަ މަނީ ލޯންޑާ ކުރި މައްސަލާގައި އެންމެ ފަހުން އެނގިފައިވާ ގޮތުގައި ޝައްކު ކުރެވޭ 17 ކަރޯޑް ރުޕީސް ސުޝާންތުގެ އެކައުންޓަށް ޖަމާކޮށްފައި ވެއެވެ. 

އިންޑިއާ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އެ ފައިސާ ސުޝާންތުގެ އެކައުންޓުން ގެއްލިފައި ވާއިރު، އެއީ ޕްރޮޑިއުސަރު ދިނޭޝް ވިޖަން ފޮނުވި ފައިސާ ކަމަށް ވެއެވެ. އެގޮތުން އެއީ އެ އަހަރު ނެރުނު "ރާބްތާ" އާ ގުޅޭ ގޮތުން ދިން ފައިސާ ކަމަށް ވެއެވެ. "ރާބްތާ" ގައި ފެނުނީ ސުޝާންތާއި ކްރިތީ ސެނޯން އެވެ. 

އިންޑިއާ ޓުޑޭއިން ހަބަރު ފަތުރާ ގޮތުގައި މިދިޔަ މަހު އެ މައްސަލާގައި ދިނޭޝްއާ ސުވާލުކޮށްފައި ވާއިރު، "ރާބްތާ" އާ ގުޅިގެން ސުޝާންތަށް ފޮނުވި ފައިސާގެ ތަފްސީލް ހިއްސާ ކުރުމަށް ތަހުގީގީ އިދާރާތަކުން އޭނާއަށް އަންގާފައި ވެއެވެ. އެގޮތުން ފޮނުވި ފައިސާގެ ލިޔެކިޔުންތައް ހުށަހަޅަން އެންގި ކަމަށް ވެއެވެ.

އެގޮތުން ލިޔެކިޔުންތައް ހިއްސާކޮށްފައި ވާއިރު، އިންޑިއާއިން ބޭރުގައި ޝޫޓިންއަށް ކުރި ހަދަރާ ބެހޭ ތަފްސީލް ދީފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ތަހުގީގީ އިދާރާތަކުން ވަނީ ދިނޭޝް ދިރިއުޅޭ ގެ މިދިޔަ މަހު ބަލައި ފާސްކޮށްފަ އެވެ. އެއާއެކު ހަންގޭރީގެ ކަމާ ބެހޭ ފަރާތްތަކަށް ހިއްސާކޮށްފައިވާ ލިޔުންތަކެއް ފެނިފައި ވެއެވެ. 

ފިލްމުގެ ޖުމްލަ ބަޖެޓަކީ 50 ކަރޯޑް ރުޕީސް ކަމަށް ވާއިރު، އޭގެ ތެރެއިން 17 ކަރޯޑް ދީފައި ވަނީ ސުޝާންތަށެވެ. އެ ފައިސާ ސުޝާންތުގެ އެކައުންޓުން ގެއްލުނު ގޮތާ ބެހޭ ގޮތުން ދިނޭޝްއާ ސުވާލުކޮށްފައި ވާއިރު، އޭނާއަށް އެއްވެސް ޖަވާބެއް ނުދެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

އެކަމާ ގުޅޭ ގޮތުން ދިނޭޝް ނިސްބަތްވާ މެޑޮކް ފިލްމްސް އިން ބުނީ ފަތުރަމުން ދަނީ ދޮގު ހަބަރުތަކެއް ކަމަށާއި ހަންގޭރީއަށް ކުރި ދަތުރާ ގުޅިގެން ސުޝާންތަށް 17 ކަރޯޑް ރުޕީސް ދީފައި ނުވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް