ads
އެމެރިކާގައި ކޮވިޑް-19 އާއި ދެކޮޅަށް ބަޔަކު މުޒާހަރާ ކުރަނީ---
އެމެރިކާގެ ކެލިފޯނިއާގައި ކާފިއު ހިންގަނީ
އެމެރިކާގެ ކެލިފޯނިއާ ސްޓޭޓް ގައި ހޮނިހިރު ދުވަހުން ފެށިގެން ކާފިއު ހިންގަން ނިންމައިފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ކެލިފޯނިއާ ސްޓޭޓް އިން ކާފިއު ހިންގަން ނިންމާފައިވާ އިރު، އެ ސްޓޭޓްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށް އެމެރިކާގެ ލޮސް އެންޖަލެސް ޓައިމްސް އިން ވަނީ ރިޕޯޓް ކޮށްފަ އެވެ.

މިދިޔަ ހަފްތާގައި ކެލިފޯނިއާ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އެއް މިލިއަން ފަހަނަހަޅައި ދިޔައިރު، ކެލިފޯނިއާ ވެފައިވަނީ ޓެކްސަސް އަށް ފަހު އެމެރިކާ އިން އެންމެ ގިނައިން ކޮވިޑް-19 ގެ ކޭސްތައް ފެނިފައިވާ އެއް ސްޓޭޓަށެވެ.

އެ ސްޓޭޓްގައި ހޮނިހިރު ދުވަހުގެރޭ ކާފިއު ހިންގަން ފަށާފައިވާ އިރު، އެއް މަސްދުވަސް ވަންދެން ކޮންމެ ރެއަކު 10:00 އިން ފަތިހު 05:00 އަށް ކާފިއު ހިންގަން ނިންމާފައިވާ އިރު ވެސް، ހާލަތު ގޯސްވެއްޖެ ނަމަ، ކާފިއުގެ މުއްދަތު އިތުރުކުރާނެ ކަމަށް އެ ސްޓޭޓްގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ޖުމްލަ 40 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގައި ދިރިއުޅޭ ފަރާތްތަކަށް ގޭގައި ތިބުމަށް އަންގާފައިވާ އިރު، އެ ސްޓޭޓްގެ އާބާދީގެ 94 އިންސައްތަ މީހުންނަށް އެ އަމުރު ހިނގާނެ އެވެ. އަދި ކެލިފޯނިއާގެ ބައެއް ކައުންޓީތައް ލޮކްޑައުން އަކަށް ދާނެ ކަމަށް ބެލެވެއެވެ.

އެމެރިކާގައި ކޮވިޑްގެ ހާލަތު އަދިވެސް ގޯސްވަމުންދާ އިރު، ހުކުރު ދުވަހު އެކަނިވެސް އެ ގައުމުން 198،585 މީހަކަށް ކޮވިޑް-19 ޖެހިފައިވެ އެވެ. އަދި 1،962 މީހުން މަރުވެފައިވެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް