
އެހެންނަމަވެސް މިހާރު ރިޕޯޓްތައް ބުނާގޮތުން އޭނަ ވަނީ ކޮވިޑް-19 އަށް އިއްޔެެ ޓެސްޓް ކޮށްފައެވެ. އަދި އެ ޓެސްޓްގެ ނަތީޖާ ވަނީ ނެގެޓިވް ވެފަ ކަަމަށް ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސަލްމާންގެ ދެ ސްޓާފަކަށް ދަނީ ބޮމްބޭ ހޮސްޕިޓަލްގައި އަދިވެސް ފަރުވާދެމުންނެވެ. އަދި އެ ދެމީހުންނަށް ހޮސްޕިޓަލުން ދެވޭނެ އެންމެ ފުރިހަމަ ފަރުވާ ފޯރުކޮށްދިނުމަށް ސަލްމާން ވަނީ އެދިފައެެވެ.
ދެ ސްޓާފަކު ޕޮޒިޓިވްވެ ސަލްމާންގެ މުޅި އާއިލާ 14 ދުވަހުގެ އައިސޮލޭޝަނެއްގައި ތިބިއިރު ސަލްމާ އާއި ސާލިމްގެ ވެޑިން އެނިވާސަރީއަށް އެ އާއިލާ ދިޔައީ ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް މިހާރުގެ ހާލަތަށް ބަލައި އެ ސެލެބްރޭޝަން ލަސްކުރާނެ ކަމަށް ބެލެވެ އެވެ.
އަދި މި ދުވަސްކޮޅަކީ ސަލްމާންގެ މަޝްހޫރު ރިއާލަޓީ ޝޯ ބިގްބޮސް ވެސް ކުރިއަށް ދާ ދުވަސްކޮޅެއް ކަމުން ސަލްމާން ކުއްލި ގޮތަކަށް އައިސޮލޭޓް ވާންޖެހުމާއިއެކު ބިގްބޮސްގެ ޝޫޓިންއަށް ވެސް ވަނީ ބުރޫއަރާފަ އެވެ.
އެހެންނަމަވެސް ސަލްމާންގެ ކޮވިޑް ޓެސްޓް ނެގެޓިވް ވުމާއިއެކު ވަރަށް އަވަހަށް ޝޫޓިން ފަށާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.