ads
ގައުމީ ކުތުބުހާނާ އާ އާއްމު ހާލަތުގައި ހުޅުވާލަން ތައްޔާރުވެފައި----ފޮޓޯ: ސީއެންއެމް
ކުުތުބުހާނާ އަލުން ހުޅުވާލުން: އަލަށް އިތުރު ދެ ހިދުމަތެއް ދޭނެ!
ކޮވިޑް-19 އަށް ގައުމީ ކުތުބުހާނާ ބަންދުކުރި ނަމަވެސް ކޮވިޑްގެ ކޭސްތައް ދަށްވާން ފެށުމުން ކުތުބުހާނާ އާއްމުންނަށް ހުޅުވާލަން ހެރިޓޭޖް މިނިސްޓްރީން ނިންމާފައި ވަނީ އާ ދެ ހިދުމަތާ އެކު އެވެ.
Advertisement

ގާތްގަނޑަކަށް ނުވަ މަހުގެ ދިގު މެނދުކެޑުމަކަށްފަހު ކުތުބުހާނާ އަލުން އާއްމުންނަަށް ވަދެވޭ ގޮތަށް މިއަދު ހުޅުވާލިއިރު ހެރިޓޭޖް މިނިސްޓްރީން ވަނީ އާ ދެ ހިދުމަތެއްވެސް ތައާރަފް ކޮށްފައެވެ. 

ކުތުބުހާނާ އަލުން ހުޅުވާލުމާއި ގުޅޭގޮތުން ހެރިޓޭޖް މިނިސްްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އަހްމަދު މުހުސިން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުތުބުހާނާ އެއްވެސް ހާލަތެއްގައި ބަންދު ނުކުރާކަމަށާއި ކޮވިޑް-19 އަށް އާއްމުންނަށް ނުވަދެވޭގޮތަށް ތަން ބަންދުކުރިނަމަވެސް ކުތުބުހާނާއިން ދޭ ހުރިހާ ހިދުމަތެއް އޭރުވެސް އޮންލައިންކޮށް އާއްމުންނަށް ލިބޭގޮތަށް އިންތިޒާމްތައް ހަމަޖެއްސިފައި ހުރިކަމަށެވެ. 

އަދި މިހާރު ކޮވިޑް-19 ގެ ކޭސްތައް ހަަމަޔަކަށް އެޅި އާއްމުންނަށް ކުތުބުހާނާ އަދި މައިޒާން ފަދަ ތަންތަން ހުލުވާލުމުގެ ހުއްދަ އެޗްޕީއޭއިން ދިނުމާއި ގުޅިގެން މިނިސްޓްރީން ކުތުބުހާނާ އާއްމުންނަށް ވަދޭވޭ ގޮތަށް ހުޅުވާލަނީ އިތުރު އާ ހިދުމަތްތަކަކާއި ވެސް އެކު ކަމަށް މުހުސިން ވިދާޅުވިއެވެ. އެގޮތުން އެއް ހިދުމަތެއްގެ ގޮތުގައި މިނިސްޓްރީން އަލަށް ދެމުން ގެންދާނީ "ކިޔަވަތި" ނަމުގައި ގްރޫޕް ސްޓަޑީ ރޫމެއް ގެ ހިދުމަތް ކަމަށް މުހުސިން ވިދާޅުވިއެވެ.

"އޭގެ ބޭނުމަކީ ގްރޫޕްކޮށް އައިސް އެތަނުގައި ޑިސްކަސްކޮށް އެމީހުންގެ އެސައިމެންޓް ހެދުން. އަދި އަޅުގަނޑުމެން އޭގެން ފޯރުކޮށްދޭނެ އިންޓަނެޓާއި ކޮމްޕިޔުޓަރުގެ ހިދުމަތްވެސް އެއީ އެމީހުންގެ އެސައިމެންޓް ހެދުމަށް ފަސޭހައަކަށް. އެހެންވީމަ އެކަހަލަ އޭރިއާއެއް އޮންނާނެ އަދި އޭގެ އިތުރުން މި އޭރިއާގައި ގްރޫޕް ސްޓަޑީ ހެދުމަށް ވަކިން ރޫމެއް ހާއްސަކޮށްފަ ވާނެ." މުުުހުސިން ވިދާޅުވިއެވެ.

your imageކުތުބުހާނާ އެތެރެ--ފޮޓޯ: ސީއެންއެމް

އަނެއް ހިދުމަތެއްގެ ގޮތުގައި ކުތުބުހާނާއިން ފޯރުކޮށްދޭނެ ހިދުމަތަކީ ކުތުބުހާނާއަށް އަންނަ ފަރާތްތަަކަށް އެކި އެކި ހުނަރު ދަސްކޮށްދިނުމަށް "ކް އަ ސްޕޭސް" ގެ ނަމުގައި ތައާރަފް ކުރާ ހިދުމަތެކެވެ. އެއީ ސްކޫލްކުދިންނަށާއި ކުތުބުހާނާއަށް އަންނަ އެހެނިހެން ފަރާތްތަކަށް ހާއްސަކޮށްގެން ތައާރަފްކޮށްފައިވާ ޕްލެޓްފޯމެއްކަމަށް މުހުސިން ވިދާޅުވިއެވެ.

"މިސާލަކަށް ބުނާނަމަ ފޯނެއް ހަދަން ދަސްކޮށްދީފާނެ. ނޫނީ ދިވެހި ފިލާވަޅެއް ނަގައިދީފާނެ އެގޮތަށް އެކިއެކި ހުނަރުތައް ކިޔާދޭ ޕްލެޓްފޯމެއް އެއީ" މުހުސިން ވިދާޅުވިއެވެ.

އެހެންނަމަވެސް މިހިދުމަތް އަދި ފޯރުކޮށްދެމުންދާނީ ވާޗުއަލްކޮށް ކަމަށް މުހުސިން ވިދާޅުވިއެވެ. ކުތުބުހާނާގެ ހިދުމަތް އާ އާންމު ހާލަތުގައި ދެމުން ގެންދާނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ހަފްތާއާއެކު ތިން ދުވަހުއެވެ. އެއީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، އަންގާރަ، ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އިން 15:00 އަށެވެ.

މުހުސިން ވިދާޅުވީ ކޮވިޑް-19 ގެ މިހާލަތުގައި ގައުމީ ކުތުބުހާނާ އާއްމުންނަށް ހުޅުވާލި ނަމަވެސް ކުޑަކުދިންގެ މަލްޓި މީޑިއާ ލައިބްރަރީ ހުޅުވާލާން ވިސްނާފަ ނުވާކަމަށެވެ. އެ ލައިބުރަރީ ހުޅުވާލަން ވިސްނާފައި ނުވަނީ މިހާލަތުގައި ކުޑަކުދިންނަށް އަދި ސްކޫލްތަކަށް ގެންގޮސް ކިޔެވުމުގެ ހުއްދަވެސް އެޗްޕީއޭއިން ދީފައި ނުވުމާއި މިފަަދަ ދަނޑިވަޅެއްގައި ކުޑަކުދިން ލައިބްރަރީއަށް ގެނެސް އެ ހިދުމަތް ދޭން ބޭނުން ނުވާތީކަމަށް މުހުސިން ވިދާޅުވިއެވެ. އަދި އެ ލައިބްރަރީ ހުޅުވާނެ ތާރީހު ފަހުން އިއުލާން ކުރާނެކަމަށްވެސް މުހުސިިން ވިދާޅުވިއެވެ. މުހުސިން ވިދާޅުވީ ލައިބްރަރީ ހުޅުވާ ނުލިނަމަވެސް އެ ކުދިންނަަށް ހާއްސަކޮށްގެން ކޮންމެ ހޮނިހިރު ދުވަހަކު އާއްމުކޮށް އޮންނަ ވާޗުއަލް ޕްރޮގްރާމް އަދިވެސް ހިންގާނެކަމަށެވެ. 

your imageގައުމީ ކުތުބުހާނާ އާ އާއްމު ހާލަތުގައި ހުޅުވާލަން ތައްޔާރުވެފައި----ފޮޓޯ: ސީއެންއެމް

ކޮވިޑް-19 އަށް ގައުމީ ކުތުބުހާނާ ބަންދުކުރި ނަމަވެސް މިފަހުން ކޮވިޑްގެ ކޭސްތައް ދަށްވާން ފެށުމުން ކުތުބުހާނާ އާއްމުންނަށް ހުޅުވާލަން ހެރިޓޭޖް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ހެރިޓޭޖް މިނިސްޓްރީން ދަނީ ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް ކުތުބުހާނާތައް ގާއިމުކުރުމަށް ވިސްނަމުންނެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް ކުތުބުހާނާތައް ގާއިމުކުރެވިގެންދާނެ ކަމަށާއި އަދި ވަރަށް އަވަހަށް "ސްޓްރީޓް ލައިބްރަރީ" ގެ ނަމުގައިވެސް މާލެ އަދި އަތޮޅުތޭރޭގައިވެސް ކުތުބުހާނާގެ ހިދުމަތެއް ތައާރަފް ކުރެވިގެންދާނެކަަން މުހުސިން ފާހަގަކުރެއްވިއެވެ. 

ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި އިތުރުވާން ފެށުމުން އާއްމުންނަށް ނުވަދޭވޭ ގޮތަށް ކުތުބުހާނާ ބަންދުކުރި ނަމަވެސް އެތަނުގެ ހިދުމަތްތައް މިނިސްޓްރީން ދިޔައީ އޮންލައިންކޮށް ފޯރުކޮށްދެމުންނެވެ. އެގޮތުން ޓްރޭނިން ޕްރޮގްރާމްތަކާއި ވެބިނާތައްވެސް ކުތުބުހާނާއިން ދިޔައީ ބާއްވަމުންނެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން 74 ކުދިންނާއި އެކު ވަނީ ކުތުބުހާނާއިން ވެބެނާއެއް ކުރިއަށް ގެންގޮސްފަ ކަން ފާހަގަކުރައްވާ މުހުސިން ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ވެބިނާތަކާއި ކުތުބުހާނާއިން އޮންލައިންކޮށް މީގެ ކުރިންވެސް ދެމުން އައި ހިދުމަތްތައް ދެމުންދާނެ ކަމަށެވެ. 

ކުތުބުހާނާ އާ އާއްމު ހާލަތުގައި އަލުން ހުޅުވާލާފައިވާއިރު ގައުމީ ކުތުބުހާނާއަށާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީއަށް ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަދެވޭގޮތަށް ވަނީ ހަދާފައެވެ. މީގެ ކުރިން އޮންނަ ގޮތުން ކުތުބުހާނާއަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ނުވަދެވެއެވެ. އެހެންނަމަވެސް މިހާރު ފުރޮޅުލީ ގޮޑީގައިވެސް ކުތުބުހާނާއަށް އެކުދިންނަށްވެސް ވަދެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް