ads
މެމްބަރު އަހުމަދު ޝިޔާމް-- ފޮޓޯ: ޕީޕީއެމް
އިސްތިއުނާފް މައްސަލައިގައި ހުކުމްނުކޮށް ތިން މަސްވާތީ ކަންބޮޑުވުން ފާޅުކޮށްފި!
ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލައިގައި ހުކުމް ނުކޮށް ގިނަ ދުވަސްވާތީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިފާމް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރީ ގާނޫނާއި ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ދުވަހު ރައީސް ޔާމީން މިނިވަންވާން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އޭގެ ބަދަލުގައި ފެނިގެން ދަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ބޭފުޅުން އިތުރު ދައުވާތައް ރައީސް ޔާމީންގެ މައްޗަށް ފޮނުވާ މަންޒަރުކަމަށް ވިދާޅުވި އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލަިއގެ އަޑުއެހުންތައް ނިންމާލިތާ ތިން މަސްވާން ކައިރިވެފައިވާއިރު ވެސް ހުކުމެއް ނުކޮށްއޮތުމުން ޝިޔާމް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

"ރައިސް ޔާމީންގެ މައްސަލައިގައި ހައިކޯޓުގައި މިއޮތް މައްސަލައިގައި 1 ސެޕްޓެމްބަރުގައި އިސްތިއުނާފުގެ އަޑުއެހުންތައް ނިމުނުއިރުގައި ހުކުމް ކުރަން ތިން މަސްދުވަސް މިވީ. ކޮން ހައްޤެއްތޯ އޮތީ މިސަރުކާރަށް؟"

ޝިޔާމް ވިދާޅުވީ މި ސަރުކާރުން ޖުޑިޝަރީ ހަރާބުކޮށްފައިވާ ކަމަށެވެ. އަދި ހައިކޯޓުން ޖޭއެސްސީގެ މެމްބަރުން "ނުފިލާ" ކަމަށް ޝިޔާމް ތުހުމަތު ކުރެއްވި އެވެ. 

ހައިކޯޓުގައި ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަތައް ފެށުނު އިރު ކަފާލާތުގެ ދަށުން ގެޔަށް ބަދަލުކޮށްދިނުމަށް އެދުމުން އެކަން ހައިކޯޓުން ކޮށްނުދިނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މައްސަލަ ނިމޭނެކަމަށް ބުނެކަން ފާހަގަކޮށް ޝިޔާމް ވަނީ މިހާހިސާބަށް އައި އިރުވެސް މައްސަލަ ނުނިމޭކަން ފާހަގަކޮށްފަ އެވެ. އެމްޑީޕީ ވެރިކަމަށް އައީ ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ވައުދާއި އެކުމަށާއި، އެހެން ނަމަވެސް ދިވެހި ތާރީހުގައި ފަނޑިޔާރުގެ ކިލަނބުނުވާ ވަރަށް ފަނޑިޔާރުގެ ކިލަނބުކޮށްފައިވާ ކަމަށް ޝިޔާމް ތުހުމަތުކުރެއްވި އެވެ. 

ޖޭއެސްސީން ކޯޓުތަކަށް ނުފުޒުފޯރުވާކަމަށް ތުހުމަތު ކުރައްވާ ޝިޔާމް ވިދާޅުވީ ހާއްސަކޮށް ރައީސް ޔާމިންގެ މައްސަލައިގައި ކަންކުރަމުން ދާގޮތުން އިދިކޮޅު ކޯލިޝަނުން މަޑުން ތިބުމަށް ބޭނުންނުވާ ކަމަށެވެ. އަދި މާލެ އާއި އަތޮޅު ތެރޭގައި އެކިއެކި ހަރަކާތްތައް ހިންގާނޭ ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް