މާފުއްޓަށް ދިޔަ ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށަށް އަރާއި ފޭބުން މަނާކޮށްފައިވާއިރު އެޗްޕީއޭ އިން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައި އެމީހާއާ ބަޔަކު ކޮންޓެކްޓްވެފައިވާތީ އެވެ.
އެގޮތުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އެ މަސައްކަތް ނިމެންދެން އެރަށް އޮންނާނީ މޮނިޓަރިންގަ އެވެ.
މީގެ ދެ ދުވަހެއް ކުރިން މާފުށިން ކޮވިޑަށް ޕޮޒިޓިވްވި ހުރިހާ ފަތުރުވެރިން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ މާފުށީގައި މިހާރު ވެސް 240 އަށް ވުރެ ގިނަ ފަތުރުވެރިން އަންނަނީ ޗުއްޓީ ހޭދަކުރަމުންނެވެ.
އެރަށުގެ ގެސްޓްހައުސްތައް ހުޅުވާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.