ads
ޑރ. ނަޒްލާ ރަފީގް-- ފޮޓޯ: އެޗްއީއޯސީ
ބަލީގެ އަލާމާތްތައް ހުއްޓަސް ފުލޫ ކްލިނިކަށް ނުދާކަން ފާހަގަކުރެވޭ: ޑރ. ނަޒްލާ
މިހާރަކަށް އައިސް ކޮވިޑް-19 ގެ އަލާމާތްތައް ހުރިކަމުގައި ވިޔަސް ބައެއް ފަރާތްތަކުން ފުލޫ ކުލިނިކަށް ނުދާކަން ފާހަގަކުރެވޭކަމަށް، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދަޅުވީ، މިހާރަކަށް އައިސް ހުން އައުމާއި ކެއްސުންފަދަ ބަލީގެ އަލާމާތްތަށް ހުރިނަމަވެސް ފުލޫ ކުލިނިކަށް ބައެއް ފަރާތްތަކުން ނުދާކަން ފާހަގަވާ ކަމަށާއި، އަލާމާތްތަކާއި އެކުގައި ވަޒީފާއަށް ނިކުންނަކަންވެސް ފާހަގަ ކުރެވޭ ކަމަށެވެ. 

ޑރ. ނަޒްލާ ވިދާޅުވީ، ބަލި ފެތުރިފައިހުރި ބައެއް ތަންތާގައިވެސް މިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބަލި ފެތުރިފައި މިންވަރު ބެލުމަށްޓަކައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރާއިރު ބައެއް ބޭފުޅުންގެ ފަރާތުން އެންމެ ފުރިހަމަ އެއްބާރުލުން ނުލިބޭކަމަށްވެސް ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ. 

އެގޮތުން ކޮންޓެކްޓުންގެ ގޮތުގައި ދެ މީހުންނަށް، ނުވަތަ އެއްވެސް މީހަކާއި ދިމާނުވާކަމަށްވެސް ބުނަމުން އަންނަ ކަމަށާއި، ނަމަވެސް ހާއްސަކޮށް ވަޒީފާއަށްދާ ފަރާތްތަކާއި އެއްއައްވުރެ ގިނަމީހުން ކޮންޓެކްޓް ވެފައި ހުންނާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ. 

ޑރ. ނަޒްލާ ވިދާޅުވީ، މިފަދަ ކަންކަމުގެ ސަބަބުން ކޮވިޑުގެ ބޮޑު ރާޅެއް އަނެއްކާވެސް ބޯމަތިވުމަކީ މާދުރުުގައި އޮތް ކަމެއް ނޫން ކަމަށާއި، އެގޮތުން ވެކްސިނެއް ލިބޭނެކަމަށް ބެލެވެނީ އަދި ދެތިންމަސް ފަހުންކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ، މިހާރުގެ ހާލަތަށް އިތުރު ލުއިތަކެއް ދެވޭނީ ވެކްސިން ލިބި އޭގެބޭނުންކުރަން ފެށުމުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް