ads
ދަރުމަވަންތަ ހޮސްޕިޓަލް--- ފޮޓޯ:ސީއެންއެމް
ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭ އަދަދު 86 އަށް، ތިން މީހަކު އައިސީޔޫގައި
ރާއްޖެއިން ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު 86 އަށް އަރައިފި އެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވުމަށް ފަހު އަނެއްކާ ވެސް އަދަދުތައް އިތުރުވާން ފަށާފައިވާއިރު އެޗްއީއޯސީން ބުނީ ހޮސްޕިޓަލުގައި 86 މީހަކަށް ފަރުވާދެމުން އަންނަ ކަމަށެވެ. 

އަދި އޭގެ ތެރެއިން ތިން މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާއިރު އެމީހުންނަކީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ތިން މީހުން ކަމަށް ބުނެ އެވެ. 

އޭގެ އިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 81 މީހަކަށް ފަރުވާދެމުންދާއިރު ލ. ގަމު ކޮވިޑް ފެސިލިޓީގައި ވެސް ދެ މީހަކަށް ފަރުވާދެމުން އެބަދެ އެވެ. 

އަތޮޅު ތެރެއަށް ބަލާއިރު މިވަގުުތު 12 ރަށެއްގައި ކޮވިޑް ޖެހިފައިވާ 12 މީހަކު އެބަތިއްބެވެ. އޭގެ ތެރޭގައި ފަސް ދިވެހިން ހިމެނޭއިރު އަނެއް ހަތް މީހުންނަކީ ބިދޭސީންނެވެ. އަދި ރިސޯޓުތަކަށް ބަލާއިރު 31 ރިސޯޓެއްގައި ކޮވިޑް ޖެހިފައިވާ 54 ފަތުރުވެރިން ތިބިއިރު 155 ރިސޯޓް މުވައްޒަފަކަށް ވެސް ކޮވިޑް ޖެހިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް