ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ މިނިސްޓަރު އިމްރާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާ ގޮތް ވަރަށް ސާފު ކަމަށެވެ.
ހަލީމް ވިދާޅުވީ ރާއްޖޭގައި އުފެދުނު ސަލަފީ ޖަމާއަތުގެ ކަންކަން ހައްދު ފަހަނަ އަޅާ ގޮސް ބައެއް ވެރިކަންތަކުގައި ބައެއް ރައީސުން ވެރިކަމުގައި ތިބުމުގެ ބޭނުމުގައި ގާތްވާން ނުވާ މިންވަރަށް އޭގެ ބައެއް ފަރާތްތަކާއި ގާތްވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް ހަރުކަށި ފިކުރުގެ ތެރެއަށް ގޮސް މުޅި ދުނިޔޭގައި ރާއްޖޭގެ އަގު ވެއްޓިފައިވާ ކަމަށެވެ.
ހަލީމް ވިދާޅުވީ މިވަގުތު މިނިސްޓަރު އިމްރާން ސަރުކާރުގައި ހުރުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށާއި، މިނިސްޓަރު އިމްރާން މަސައްކަތް ކުރައްވަނީ ހަރުކަށި ފިކުރާއި ދެކޮޅަށް ކަމަށެވެ.
މީގެ އިތުރުން ހަލީމް ވިދާޅުވީ މީގެ ކުރިން "ލަވަކީ ފަރާތެއްގެ" ޖަމާއަތް މިހާރު ދަނީ ޕާޓީއަކާއި ދިމާލަށް ކަމަށާއި، ޕާޓީއެއް ނަހަދާ ދީނުގެ ނަމުގައި ތިބެ އިދިކޮޅު ޕާޓީތަކުގެ ތެރެއަށް އެ ފިކުރު ވައްދައިގެން މައްސަލަ ހުށަހެޅި ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ހަގީގީ ޑިމޮކްރަޓިކް އަސާސެއްގެ މައްޗަށް ބިނާކޮށް މައްސަލަ އައިނަމަ މިނިސްޓަރު އިމްރާނަށް އިތުބާރު ނެތް ކަމަަށް ވޯޓު ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.