ads
ވޭވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން.... ފޮޓޯ: އެމްޓީސީސީ
ވޭވަށް ބަނދަރުގެ 54 އިންސައްތަ ނިމިއްޖެ
މ. ވޭވަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 54 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއު އާއި ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީ) އިން ބުނެފި އެވެ.

ވޭވަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 54 އިންސައްތަ މަސައްކަތް ނިމިފައިވާ އިރު، އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދާ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތުގެ 75 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފަ އެވެ.

އެ މަޝްރޫއުގެ ދަށުން 60,839 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 380 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 1880 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގުބައްތި ޖެހުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އެންޑް އިންފްރާސްޓްރަކްޗާ އާއި އެމްޓީސީސީ އާ ދެމެދު އެ މަޝްރޫއުގައި މިދިޔަ އަހަރުގެ އޮގަސްޓް 27 ގައި ސޮއިކުރެވިފައިވާ އިރު، އެ މަޝްރޫއު ހަވާލުކުރެވިފައިވަނީ 48.8 މިލިއަން ރުފިޔާ އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް