ads
ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ބަޖެޓް ކޮމިޓީގެ މަސައްކަތް މިއަދު ނިންމެވުމަށް އެދިވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މަސައްކަތްތައް މިއަދު ނިންމެވުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންވި އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ކޮމިޓީގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި މިއަދު ކޮމިޓީ ރިޕޯޓް މަޖިލީހުގެ އިދާރާއަށް ލިބޭނޭގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މަސައްކަތް މީގެ ކުރިން ނިންމުމަށް ތާވަލުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހަށެވެ. އެހެން ނަމަވެސް ބަޖެޓް ބަހުސްގައި މެމްބަރުން ދައްކަވާ ވާހަކަތަކަށް ބެއްލެވުމަށްފަހު ކޮމިޓީ ރިޕޯޓް އެކުލަވާލުމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވާތީ ކޮމިޓީ ރިޕޯޓް ނިންމުން ފަސްކުރީ އެވެ. 

ބަޖެޓް ބަހުސް ނިންމާލާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. 

ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާ ކުރުމަށްފަހު ހުށަހަޅާ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެ ރިޕޯޓަށް ވާހަކަ ދެއްކެވުމަށް ކޮންމެ މެމްބަރަކަށް ވެސް ހަތް މިނެޓްގެ ފުރުސަތެއް ލިބިގެންދާނެ އެވެ. 

ކުރިއަށް އޮތް 2021 ވަނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން، ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ އެވެ. ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް