ރަށުން ބޭރުގައި ކުޅުނު މި މެޗުގައި މިލާންގެ ފުރަތަމަ ލަނޑު ޖެހީވެސް އިބްރޮހޮމަވިޗްއެވެ. ވިހި ވަނަ މިނިޓުގައި މި ގޯލް އޭނާ ޖެހިއިރު، އޭނާގެ ދެވަނަ ލަނޑު އައީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. މިލާނުގެ ތިންވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔާ ޖޭންސް ޕެޓާ ހޯގްއެވެ.
އުމުރުން ސާޅީހާ ގާތްވެފައިވާ އިބްރޮހޮމަވިޗް މި ސީޒަންގައި ޖެހި ލަނޑުގެ އަދަދު މިހާރުވަނީ އެގާރައަށް އަރާފައެވެ. އެއީ ދިހަ މެޗުންނެވެ. ކޮވިޑަށް ޕޮޒިޓިވްވެ މުހިއްމު މެޗުތަކެއް އޭނާއަށް ނުކުޅެވިވެސް ދިޔައެވެ.