ads
ސޮއި ކުރުމުގެ ތެެރެއިން
ތުރާކުނު ފުޓްބޯޅަ ދަނޑު ހަދަން 1.3 މިލިއަން ރުފިޔާއަށް ސޮއިކޮށްފި
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓާފް ދަނޑު އެޅުމަށް ހިންގާ މަޝްރޫއުގެ ތެރެއިން ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގެ މަސައްކަތް 1.3 މިިލިއަން ރުފިޔާއަށް މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް ސޮއިކޮށްފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާފް ދަނޑުގެ ތެރެއިން މިއަދު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ބޭނުންވާ ތަކެތި ޑެލިވާކޮށް އިންސްޓޯލް ކުރުމަށެވެ.  

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 1.3 މިލިއަން ރުފިޔާ އަށެވެ. އަދި އެ މަސައްކަތް ހަވާލުކުރެވިފައިވަނީ ފަށާތާ 18 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މިއަދު މެންދުރު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު ޝައުޔާއެވެ.

މިހާތަނަށް އައިއިރު މިނިސްޓްރީއިން ވަނީ ފަސް ރަށެއްގެ ދަނޑުގެ މަސައްކަތް ނިންމާލާފައެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ނުވަ ރަށެއްގައި ޓާފް ދަނޑު އެޅުމުގެ މަސައްކަތް 30.8 މިލިއަން ރުފިޔާއަށް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެ ނުވަ ރަށުގެ ތެރެއިން ފުރަތަމަ ލޮޓްގައި ހިމެނެނީ ހއ. ހޯރަފުށި އަދި ހއ. އިހަވަންދޫއެވެ.

ދެވަނަ ލޮޓްގައި ހިމެނެނީ ހދ. ނޮޅިވަރަމް، ހދ. ހަނިމާދޫ އަދި ހދ. ކުޅުދުއްފުއްޓެވެ. އަދި ތިންވަނަ ލޮޓްގައި ހިމެނެނީ މ. ދިއްގަރު، ދ. ކުޑަހުވަދޫ އަދި ތ. ތިމަރަފުއްޓެވެ. އޭގެ އިތުރުން ހަތަރުވަނަ ލޮޓްގައި ހިމެނެނީ އައްޑޫ ސިޓީގެ ރަށެކެވެ. އެ ރަށް ކަނޑައެޅިގެން ދާނީ ނޭޝަނަލް ޓެންޑާ ބޯޑާއި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ މިއަދު ވިދާޅުވެފަ އެވެ.    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް