ads
ފޮޓޯ: ދިރާގު
ދިރާގުން ސައިބާ ސެކިއުރިޓީއާ ބެހޭ ވެބިނާ އެއް
ދިރާގުން އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ފަރާތްތަކަށް ހާއްސަކޮށް ސައިބާ ސެކިއުރިޓީއާ ބެހޭ ހާއްސަ ވެބިނާއެއް ބާއްވައިފި އެވެ.

މި މަހުގެ 18 ވަނަ ދުވަހު ފޯޓިނެޓް އާއި ގުޅިގެން "ފްރޮމް ސެކިއުރިޓީ ޓު ޓްރަސްޓް" ގެ ނަމުގައި ވާޗުއަލްކޮށް ދިރާގުގެ "އެއްވުން" ޕްލެޓްފޯމްގައި ކުރިއަށް ގެންދިޔަ މި ވެބިނާގައި ކޮވިޑް 19 އާއި އެފަދަ ބަލިމަޑުކަމެއްގެ ތެރޭގައި ގޭގައި މަސައްކަތް ކުރުމުން ސައިބާ ސެކިއުރިޓީ އަށް ކުރިމަތިވަމުންދާ ނުރައްކާތަކާއި، މި ފަދަ ނުރައްކާތަކުން ކުންފުނިތަކާއި މުވައްޒަފުން ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންތައްތަކަށް އަލި އަޅުވާލާފައިވެ އެވެ.

އަދި މި ވެބިނާގައި ދިރާގުގެ ސެކިއުރިޓީ އިންފޮމޭޝަން އެންޑް އިވެންޓް މެނޭޖްމެންޓްގެ އިތުރުން ބެކަޕް އެންޑް ރިކަވަރީ ސޮލިއުޟަން އާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތުދީފައިވެ އެވެ.

އެ ވެބިނާގައި އީގާޑިއަން ޕްރައިވެޓް ލިމިޓެޑް، ޑީސީއެސް ޕްރައިވެޓް ލިމިޓެޑް އަދި އައިއައިއެޗްޓީ ސްރީލަންކާގެ ޑިރެކްޓަރު އަދި ޑެލްޓާ ސްޕައިކް ޕްރައިވެޓް ލިމިޓެޑްގެ ކޯފައުންޑަރު ކަމަށްވާ ޝިހާން އަނޮން ކީނޯޓް ދެއްވާފައިވާ އިރު، ސަބްޖެކްޓް މާހިރެއްގެ ގޮތުން އެ ވެބިނާގައި ވާހަކަފުޅު ދެއްކެވީ ފޯޓިނެޓްގެ ޕްރިންސިޕަލް ސިސްޓަމް އިންޖިނިއަރު ކްރިޝްނަން ރާޖަގޮޕްލަން އެވެ.

އެ ވެބިނާ ބޭއްވުމުގެ މަގުސަދަކީ ދިރާގުގެ ވިޔަފާރި ކަސްޓަމަރުންނާއި މެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ސައިބާ ސެކިއުރިޓީގެ މުހިންމުކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބޭނުމުގައި ކަމަށް ދިރާގުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް