މިއަދުގެ ވަގުތެއްގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ފޮޓޯތަކެއް ސޮނާކްޝީ އޭނާގެ ސަޕޯޓަރުންނަށް އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކުރިއިރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ގްރޭންޑް ޕާކް ކޮއްދިއްޕަރުގަ އެވެ.
އިންސްޓަގްރާމަށް ހިއްސާކުރި ފޮޓޯތަކުން ފެންނަނީ ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯތަކެކެވެ. އެގޮތުން އެއް ފޮޓޯގެ ކެޕްޝަނުގައި ވަނީ "އައިލެންޑް ގާލް" ޖަހާފަ އެވެ.
ބޮލީވުޑުގެ ތަރިންގެ މެދުގައި ރާއްޖެ ދުވަހެއް ދުވަހަކަށް މަގްބޫލުވަމުން އަންނައިރު މި ކޮވިޑްގެ ތެރޭގައި ވެސް ރާއްޖެއަށް އަންނަ ބޮލީވުޑް ތަރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
އުމުރުން 33 އަހަރުގެ ސޮނާކްޝީއަށް ބަލާއިރު އޭނާ ވެސް ދޭތެރެ ދޭތެރެއިން ރާއްޖެއަށް އާދެ އެވެ.
ސޮނާކްޝީ ވަނީ ދަބަންގާއި ކަލަންކް އަދި ފޯސް2 ފަދަ ފިލްމުތަކުން ފެނިގެންގޮސްފަ އެވެ.