ads
ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ--
މިފަހަރު ޝުޖާއު ޖޫރިމަނާއެއް ނުކުރެ
އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު، މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ފަހު ޖޫރިމަނާ ނުކުރާ ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.

މިއަދު 15:00 ގައި ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ނަސްރުގެ ދުވަހާ ގުޅިގެން ނޮވެމްބަރު 3 ވަނަ ދުވަހު ބޭއްވި ޖަލްސާގެ މައްސަލާގަ އެވެ. 

"ބަޑި ބުރާސްފަތި" ނަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ހިލާފަށް ޕީޕީއެމުން އެއްވުމުން ޝުޖާއު އާއި ޕީއެންސީގެ ކައުންސިލް މެމްބަރު ނަބީލް ޒަމީލް ހައްޔަރު ވެސް ކުރި އެވެ. އެ ޖަލްސާ ބޭއްވީ ކޮވިޑް-19 ގެ މިދަނޑިވަޅުގައި އެއްވުންތައް މަދުކުރުމަށް ވާޗުއަލްކޮށް އެ ޖަލްސާ ބޭއްވުމަށް އަންގާފައިވަނިކޮށެވެ. 

މީގެ ކުރިން ވެސް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެޗްޕީއޭއަށް ލިބިފައިވާ ބާރުތަކުގެ ދަށުން ނެރެފައިވާ ގައިޑްލައިންތަކާއި ހިލާފަށް އެއްވުން ބާއްވައިގެން ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ޖޫރިމަނާކޮށްފައިވެ އެވެ.

އެކަމަކު މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ފަހު ބަޔާނެއްގައި ސޮއިކުރުން ފިޔަވައި އިތުރު ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ވިދާޅުވި އެވެ. 

ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ އިދިކޮޅުން ސަރުކާރު ޒިންމާދާރުކުރުމުގެ މަސްއޫލިއްޔަތާއި ހަވާލުވެ އޮތްއިރު ކިތަންމެ ވަރަކަށް ފުލުހުންގެ އިދާރާއަށް ހާޒިރުކުރިޔަސް އެ މަސައްކަތް ކުރާނެ ކަމަށެވެ. 

"ތިބޭފުޅުންނަށް އެނގޭނެ މި ސަރުކާރު ހިންގަން މިއުޅެނީ ވާދަވެރި ހުރިހާ ފަރާތްތަކެއް ރަށު ބަންދުކޮށްގެން..،" ޝުޖާއު ވިދާޅުވި އެވެ. 
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް