ads
ފިނޭންސް މިނިސްޓްރީ---
ނޭޝަނަލް ޓެންޑާ ބޯޑުގެ މެމްބަރެއްގެ ކޮރަޕްޝަނުގެ މައްސަލައެއް ބަލަނީ
ނޭޝަނަލް ޓެންޑާ ބޯޑުގެ މެމްބަރެއްގެ ކޮރަޕްޝަނުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އެ މައްސަލަ ބަލަމުން އަންނަކަން ކަށަވަރުކޮށްދީ އޭސީސީގެ އޮފިޝަލަކު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އެ މައްސަލަ ހުށަހަޅާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. 

އެނގިފައިވާ ގޮތުގައި އޭސީސީން ބަލަމުން އަންނަނީ ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް އެޅުމަށް އެންމެ ހެޔޮކޮށް ހުށަހެޅި ކުންފުނީގެ ބަދަލުގައި އެހެން ކުންފުންޏަކަށް މސައްކަތް ހަވާލުކުރި މައްސަލައާ ގުޅިގެން ޕްރޮކިއުމަންޓް އެގްޒެކްޓިވް ގަވާއިދާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

އޭސީސީން ޕްރޮކިއުމަންޓް އެގްޒެކްޓިވްގެ މައްސަލަ ބަލަމުން އަންނައިރު މީގެ ކުރިން ފިނޭންސް މިނިސްޓްރީން ބުނީ ޑިފެންސްގެ އާ އިމާރާތް ހެދުމަށް ރެއިންބޯއާ ހަވާލުކުރީ އުސޫލާ އެއްގޮތަށް ކަމަށެވެ.

ފިނޭންސް އިން އެ ޕްރޮޖެކްޓް ހަވާލުކުރީ އޭޕްރީލް އެކެއްގައި އަމަލުކުރި އުސޫލުގެ ތެރެއިން ކަމަށް ބުނާއިރު، ފާޑުކިޔުން އަމާޒުވެފައި ވަނީ އެ ބިޑަކީ އެ އުސޫލު އިއުލާނު ކުރުމުގެ ކުރިން ބީލަމުގެ ހުރިހާ މަރުހަލާއެއް ނިމިފައި އޮތް ބިޑަކަށް ވުމުންނެވެ. އެގޮތުން އެ ޕްރޮޖެކްޓަށް ބިޑް ކުރަން އިއުލާނު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހު އެވެ. އަދި މި އަހަރުގެ ޖެނުއަރީގައި 27 ގައި އޮތީ ބިޑް އޯޕަނިން ވެސް ބާއްވައިފަ އެވެ.

ބީލަމުގެ މަރުހަލާ އެއްކޮށް ނިމިފައި އޮއްވާ މާ ފަހުން އޭޕްރީލް އެކެއްގައި އިއުލާނު ކުރެވި، އަމަލު ކުރަން ފެށި އުސޫލުގެ ދަށުން އެ ޕްރޮޖެކްޓަށް އެންމެ ކުޑަ އަގު ހުށަހެޅި ކުންފުންޏަށް ނުދީ، އެ ކުންފުންޏަށް ވުރެ 5.5 މިލިޔަން ރުފިޔާ ބޮޑުކޮށް ހުށަހެޅި ކުންފުންޏާ އެ މަސައްކަތްތައް ހަވާލުކުރުމަކީ، ބޭރުގެ މާލީ އިދާރާތަކުގެ ބެސްޓް ޕްރެކްޓިސް އާ ވެސް ހިލާފު ކަމެކެވެ.

އެގޮތުން ބިޑް ކުރުމުގެ މަރުހަކާލެ ތެރެއިން ކްރައިޓީރިއާ ބަދަލު ކުރުން ނުވަތަ ބިޑް މަރުހަލާ ނިމޭ ފަހުން އާ އުސޫލެއް ހަދައި، އެ އުސޫލަށް އެ ބިޑް ލެންބުމަކީ ބީލަންވެރިންގެ ހައްގު ގެއްލި، ކޮރަޕްޝަނުގެ ތެރެއިން ބޭނުންވާ ވަކި ކުންފުންޏަކަށް ޕްރޮޖެކްޓް ހަވާލު ކުރުމަށް "ބިޑް މެނިޕިއުލޭޓް" ކުރުން ކަމަށް ބެލެވޭނެ ކަމަށް ބޭރުގެ މާލީ އިދާރާތަކުގެ ގައިޑްލައިންތަކުގައި ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް