ads
ވޯލްޑް އޭޑްސް ޑޭ
އޭޑްސް ދުވަހާއި ގުޅިގެން "ރަތް ރިބަން" ވާޗުއަލްކޮށް ބޭނުންކުރަން ނިންމައިފި
މިއަހަރުގެ އޭޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން އެއްހަފްތާއަށް "ރަތް ރިބަން" ބޭނުންކުރަން ހަމަޖެހިފައިވާ ކަމަށާއި، ނަމަވެސް ރަތް ރިބަން ބޭނުންކުރަން ހަމަޖެހިފައިވަނީ ވާޗުއަލްކޮށް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.
Advertisement

އެޗްޕީއޭއިން ބުނީ، އެހެން އަހަރުރަކެކޭވެސް އެއްގޮތަށް މިއަހަރުވެސް އޭޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ރަތް ރިބަން ބޭނުންކުރަން ހަމަޖެހިފައިވާކަމަށާއި، އެގޮތުން މިއަހަރުވެސް ރަތް ރިބަން ބޭނުންކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން އެއްހަފްތާއަށް ކަމަށެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މިއަހަރު ރަތް ރިބަން ބޭނުންކުރަން ހަމަޖެހިފައިވަނީ ވާޗުއަލްކޮށް ކަމަށް އެޗްޕީއޭއިންވަނީ ބުނެފައެވެ. 

އެޗްޕީއޭއިން ބުނީ މިކަމަކީ، އޭޑްސް ބަލިން މުޖުތަމައު ސަލާމަތް ކުރުމަށްޓަކައި ކުރެވޭ ކަންކަމުގައި ހުރިހާ އެންމެންގެ ބައިވެރިވުން ހިމަނައި، އޭޑްސްބަލި ޖެހިފައިވާ ފާރާތްތައް މުޖުތަމައުއިން ބާކީކޮށް ނުލުމަށް ހުރިހާ ފަރާތްތަކުން ކަނޑައަޅާފައިވާކަން ރަމްޒުކޮށްދިނުމުގެ ގޮތުން ކުރެވެމުންދާ މުހިންމު ކަމެއް ކަމަށެވެ. 

ދުނިޔޭގެ އޭޑްސް ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހެވެ. މިދުވަސް 1987 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް އަންނަނީ ކޮންމެ އަހަރަކު ފާހަކުރަމުންނެވެ. މިއަހަރުގެ އޭޑްސް ދުވަހުގެ ޝިއާރަކީ "ގްލޯބަލް ސޮލިޑަރިޓީ، ޝެއާޑް ރެސްޕޮންސިބިލިޓީ" މިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް