 
                                                                                                
                    އެކަމަކު މިހާތަނަށް ވެސް ޓްރަމްޕް ބަލި ގަބޫލުކުރައްވާފައެއް ނުވެ އެވެ. ޓްރަމްޕް ވިދާޅުވީ ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ މަސައްކަތް ކުރަން ޖެހޭ އިދާރާއިން އެކަން ކުރަން ޖެހޭނެ ކަމަށެވެ.
ނަމަވެސް އިންތިހާބުގައި މަކަރު ހަދާފައިވާ ކަން ސާބިތު ކުރުމަށް އަދިވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ބައިޑެން ހުވާ ކުރުމުގެ ކަންކަން ތައްޔާރު ކުރުމަށް ކަމާ ބެހޭ އިދާރާއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ބައިޑެންއަށް ހާއްސަ ސެކިއުރިޓީ ބްރީފިން މިހާރު ދެމުން ދާއިރު، ހާއްސަ އޮފީސް ޖާގަ އާއި މުވައްޒަފުން ވެސް ވަނީ ހަމަޖައްސާފަ އެވެ. ހުވާކުރުން އޮންނާނީ ޖެނުއަރީ 20 ގައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ބައިޑެންގެ ކެބިނެޓުގައި ހިމެނޭނެ ވަޒީރުންގެ ނަންތައް މިއަދުގެ ވަގުތެއްގައި އިއުލާން ކުރަން ފަށާނެ އެވެ.