ads
އާޝީޝް
ޓީވީ އެކްޓަރު އާޝީޝް މަރުވެއްޖެ
ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް ޓީވީ ތަރި އާޝީޝް ރޯއީ މަރުވެއްޖެ އެވެ.

މިއަދުގެ ވަގުތެއްގައި އުމުރުން 55 އަހަރުގެ އާޝީސް މަރުވީ މުމްބާއީގައި ހުންނަ އޭނާގެ ގޭގަ އެވެ. ގިނަ އަހަރުތަކެއް ވަންދެން ފިލްމީ ދާއިރާގައި މަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދި، އާޝީޝް ފިލްމީ ދާއިރާއަށް ނިކުމެފައި ވަނީ 1997 ވަނަ އަހަރު އެވެ.

ކިޑްނީ ބަލީގައި އޭނާ މަރުވިއިރު ކޮވިޑްގެ ކަންކަން ފެށިގެންދިޔަ ދުވަސްވަރު އޭނާ ވަނީ ހޮސްޕިޓަލުގެ ބިލް ނުދެއްކިގެން އާންމުންގެ އެހީއަށް ވެސް އެދިފަ އެވެ. އެގޮތުން މެއި 18 ގައި ހާލަތު ވަަރަށް ގޯސްވެ، ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނުއިރު ބިލަށް ދެ ލައްކަ ރުޕީސް އެރުމުން، އިތުރަށް ފަރުވާ ކުރާނެ ފައިސާ ނެތް ކަމަށް ބުންޏެވެ.

އާޝީޝް އައީ އޭނާގެ ހާލަތު، ސަޕޯޓަރުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ކިޔައިދެމުންނެވެ.

އާޝީޝް 1997 ވަނަ އަހަރު ޓީވީ ޝޯތަކުގައި މަސައްކަތް ކުރަން ފެށިއިރު އޭނާ ވަނީ "ސަސުރާލް ސިމަރް ކާ" އާއި ބުރޭ ބީ ހަމް ބަލޭ ބީ ހަމް ފަދަ ޝޯތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް